Support Us

ހިސާބު އިލްމުގައި "ޖާދުލުގެ އަދަދެއް" ވާކަން އެނގޭތަ؟

މެތަމެޓިކްސް ނުވަތަ ހިސާބު އިލްމުގައި، އެކަކުން ފެށިގެން 10ގެ ތެރޭގައި ހިމެނޭ "ނަންބަރު" ނުވަތަ އަދަދުތަކުގެ ތެރޭގައި ހިމެނޭ އަދަދަކުން، ވަކި އަދަދެއް، މި ހުރިހާ އަދަދަކުން، ޑިވައިޑް ނުވަތަ ގެއްލުވައިލެވޭ އަދަދެއް ނޯވެއެވެ.

ނަމަވެސް އެއީ ކުރިން ހީކުރެވިފައިވާ ގޮތެވެ. އެއިރު މި ފަދަ އަދަދެއް ފެނިފައި ނުވާތީއެވެ.

އަލަށް މި ފެނުނު އަދަދަކީ ގޮތް ނޭނގޭ އަދަދެކެވެ. ދުނިޔޭގެ ހުރިހާ ހިސާބު އިލްމްވެރިން ވަނީ ސިހިފައެވެ.

މި އަދަދު ހޯދައިގަނެވުނީ "އަންވޭވަރިން އިންޓެލިޖެންސް" ނުވަތަ ގޮތް ދޫނުކުރާ ފަދަ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރި އިންޑިއާގެ ހިސާބު އިލްމްވެރިއަކަށެވެ.

މި ނަންބަރަކީ ކޮބައި ހެއްޔެވެ؟ އާދެ، މި ނަންބަރަކީ 2،520 އެވެ.

ފެންނަ ފެނުމަށް މި އަދަދަކީ އެތައް ބައިވަރު އަދަދުތަކުގެ ތެރެއިން ހަމަ އެންމެ އަދަދެކެވެ.

ނަމަވެސް ހަގީގަތުގައި އެހެނަކުން ނޫނެވެ. މި ނަންބަރަކީ ދުނިޔޭގެ ގިނަ ހިސާބު އިލްމްވެރިން ހައިރާންކޮށްލި ނަންބަރެކެވެ.

އެކަކުން ފެށިގެން 10 އާ ދޭތެރޭގެ ކޮންމެ އަދަދަކުން ވެސް، މި ނަންބަރު ގެއްލުވައިލެވެއެވެ. އެއީ ގެއްލުވައިލައި ހުސްކޮށްލެވޭ އަދަދު ނުވަތަ "އީވަން ނަންބަރު" އަދި ގެއްލުވައިލައި ހުސްކޮށް ނުލެވޭ އަދަދު "އޮޑް ނަންބަރަކުން" ވިޔަސް މެއެވެ.

މިއީ އަޖައިބު ކުރުވަނިވި، އަދި ވުޖޫދުގައި ނުވާ ފަދަ އަދަދުތަކެއް ފަދައެވެ.

ތިރީގައި މިވާ ތާވަލަށް ބަލައިލައިށެވެ:

މި އަދަދުގެ ސިއްރު ފޮރުވިފައިވަނީ އަންނަނިވި "އީކުއޭޝަން" ނުވަތަ ހައްލު ކުރަން ޖެހޭ، ގުނަ ކުރުމުގެ ހިސާބު އިލްމްގެ ސުވާލަކާއެވެ. އެއީ

އެވެ.

ހިންދީ ދީނަށް ތަބާވާ މީހުން ފާހަގަ ކުރާ، އެ މީސްތަކުން އައު އަހަރު ރަމްޒު ކުރާ އަދަދަށް ބަލައިފި ނަމަ، މި އަދަދުގެ އަރަތަށް ޖަވާބު ލިބެއެވެ.

އެއީ، މި އަދަދުގެ "ކޯއެފިޝަންޓް" ނުވަތަ މި އަދަދު ގެނައުމަށް ގުނަކުރަމުންދާ އަދަދުތަކެވެ. މިސާލަކަށް،

އަށް ބަލައިފި ނަމަ،

x އަކީ 1 އެވެ.

 އެ ގޮތުން ހިންދީ ދީނުގެ ކަލަންޑަރަށް ބަލައިލައިއިރު ބަލައިލެވޭ ކޯއެފިޝެންޓްތަކަކީ:

  • ހަފުތާގެ ހަތް (7) ދުވަސް
  • މަހެއްގެ ތިރީސް (30) ދުވަސް
  • އަހަރެއްގެ ބާރަ (12) މަސް

އެހެންކަމުން، މި ކޯއެފިޝެންޓްތަކާއެކު، މި ޖާދުލެއް ކަހަލަ އަދަދު އަންނަނީ އަންނަނިވި އީކުއޭޝަނުންނެވެ:

މިއީ ހުރިހާ ކަމެއްގެ މައްޗަށް "ޓައިމް" ނުވަތަ ވަގުތުގެ ނުފޫޒު އޮތްކަން ހާމަކޮށްދޭ، މި އަދަދުގެ "ކެރެކްޓެރިސްޓިކް" ނުވަތަ ޝަހުސިއްޔަތެވެ.

މި އަދަދު ހޯދައިގަތް "ގްރޭޓް މައިންޑް" ނުވަތަ ވަރުގަދަ ސިކުނޑީގެ ވެރިއަކީ ސްރީނިވާސާ ރާމާނުޖަމްއެވެ. ޑިސެމްބަރު 22 ވަނަ ދުވަހު 1887 ގައި އުފަންވި، އާދަޔާ ހިލާފު ވިސްނުންތެރި އަދި އުފެއްދުންތެރި، ތާރީހުގައި ވެސް ގުނާލެވޭ، އެންމެ ފުންނާބު އުސް ހިސާބު އިލްމްވެރިން ތެރެއިން އެކަކެވެ.

އެއްވެސް ރަސްމީ ތަމްރީނެއް ނުލިބި ހިސާބު އިލްމްގައި އާދަޔާ ހިލާފު ވިސްނުންތޫނު ކަމެއް ދެއްކި ސްރީނިވާސާ ދުނިޔެ ދޫކުރީ ޒުވާންކަމުގައި އުމުރުން އެންމެ 32 އަހަރުގައެވެ.

އޭނާ މަރުވުމުގެ އަސްލެއް ކަމަށް ބެލެވެނީ އޭނާއަށް ކުރިމަތިވި ސިލްސިލާ ސިއްހީ މައްސަލަތައް، އޭނާ އިނގިރޭސި ވިލާތު ދައުލަތުގެ ގައުމެއްގެ ގޮތުގައި އޮންނަ އިންގްލެންޑްގައި ހޭދަ ކުރި ދުވަސްތަކުގައި އިތުރަށް ގޯސްވުމުން ކަމަށެވެ.

ފުރަތަމައިނުން ހެދި ޑައިގްނޯސްތަކުން ދެއްކީ އޭނާއަށް ޖެހިފައިވާ ބަލިތަކުގެ ތެރޭގައި އެއިރު ފަރުވާއެއް ނުހޯދޭ "ޓިއުބަކިއުލޮސިސް" (ނުވަތަ ޓީ.ބީ.) އާއި ވިޓަމިންގެ ބާވަތްތައް ހަށިގަނޑުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމެވެ. ނަމަވެސް މި ޒަމާނުގެ ސިއްހީ ހިޔާލާތުން ދޭހަވަނީ ސްރީނިވާސާ މަރުވީ "ހެޕޭޓިކް އެމޯބަޔާސީސް" ޖެހިގެން ކަމެވެ. މިއީ، އޭނާގެ ހަށިގަނޑުން ކާނާ ދަމައިލައި ޒާތުގެ ސުއިއްޕެއް، އޭނާގެ "ލިވާ" ނުވަތަ މެއަށް ފޯރައި، މެއަށް ޖެހުނު އިންފެކްޝަނެކެވެ.

ސްރީނިވާސާއަކީ މަހުގެ އެއްވެސް ބާވަތެއް ނުކާ، ހަމައެކަނި ގަސްގަހާގެހީގައި ހިމެނޭ ތަކެތި ކައި އުޅުނު "ވެޖިޓޭރިއަން"އެއް ކަމަށް ވުމުން، ފުރަތަމަ ބޮޑު ހަނގުރައިމައިގައި އިންގްލެންޑްގައި ކާބޯތަކެތި، ވަކި ހިފެހެއްޓުމެއްގެ ތެރޭގައި "ރޭޝަން"ކޮށްގެން ބެހިއިރު، މި ކަން ވެސް ވީ އޭނާގެ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބާވަތްތައް ލިބުމަށް އެޅުނު ހުރަހަކަށެވެ.

ނަމަވެސް ތަޖުރިބާކާރުން ބުރަވަނީ ސްރީނިވާސާ މަރުވީ އެމޯބަޔާސީސްގެ ސަބަބުން މޭގެ މައްސަލަތައް ބޮޑުވެގެންނެވެ. އަދި މިއީ ޒުވާން އުމުރުގައި އިންޑިއާގައި ދިރިއުޅުނުއިރު އޭނާއަށް ކުރިމަތިވި، މުޅި ހަޖަމުގެ ނިޒާމުގައި ޖެހޭ "ގެސްޓްރޯއިންޓެސްޓިނަލް އިންފެކްޝަން"ގެ ސަބަބުން ލެއާއެކު ބޮޑުކަމު ދެވޭ "ޑިސެންޓްރީ"އަށް ވެސް ހުށަހެޅޭ މައްސަލައެކެވެ.

ސްރީނިވާސާ ބޭރު ގައުމެއްގައި އެކަހެރިކަމާއެކު ދިރިއުޅެން ޖެހުމުގެ އިތުރުން އުފުލަން ޖެހުނު ސިއްހީ މައްސަލަތައް ވެސް އޭނާ ޖިސްމާނީ ގޮތުން ބަލިކޮށްލި ސަބަބަކަށްވިއެވެ.

ޑިޕްރެޝަން ނުވަތަ ސިއްހީ ދާއިރާގެ ބަހުރުވައިން ނަމަ "މޭޖާ ޑިޕްރެސިވް ޑިސްއޯޑާ" (އެމް.ޑީ.ޑީ) އަކީ ސީރިއަސް އަދި މީހާގެ މޫޑު ހަރާބުކޮށްލާ ހާލަތެކެވެ. މިއީ، ކުޑަ ދުވަސްކޮޅަކަށް، ހަމައެކަނި ހިތާމަވެރި ("ސޭޑް") ނުވަތަ ހިތާމަވެރިވުމާއި ޑިޕްރެސްވުމާއި އަދި އުފާވެރިކަމެއް އެކުނުލެވޭ ކަހަލަ ހާލަތެއް ކަމަށްވާ، ކަންތައްތައް ކުރާހިތްނުވާ "ޑައިން އިން ދަ ޑަމްޕްސް" އިނގިރޭސި ބަހުން ބުނާ ކުރު މުއްދަތުގެ ހާލަތެއް ނޫނެވެ. މިއީ ކެނޑިނޭޅި ކުރިއަށްދާ އަދި ދިގު މުއްދަތަކަށް ދެމިގެންދާ ހާލަތެކެވެ. މި ކަމުގެ ސަބަބުން މީހާގެ އިހުސާސްތަކާއި ވިސްނާ ގޮތާއި އަދި އަމަލު ކުރާ ގޮތަށް އަސަރު ކުރެއެވެ. މީހުންނާ ބާއްވާ ގުޅުންތަކާއި ކިޔަވަން ދިއުމާއި އަދި މަސައްކަތުގެ ދާއިރާގެ ހަރަކާތްތެރިކަމަށް ވެސް ފާހަގަ ކުރެވޭ މިންވަރަކަށް ހުރަސް އަޅައެވެ.

އާހިރުގައި، ސްރީނިވާސާގެ "ނިމުން" އެއީ މުޅިއަކުން އެހެނެއް ކަމަށް ބުނެވޭކަށް ނެތެވެ؛ ސަބަބަކީ، "ވަގުތު"ގެ އިމެއް ނެތްކަން ހާމަކޮށްދިނުމާއެކު އޭނާ މަޝްހޫރުވެގެން ދިޔައީ "ދަ މޭން ހޫ ނިއު އިންފިނިޓީ"ގެ ނަމުންނެވެ. "އިންފިނިޓީ"އަކީ ގުނާއަދަދު  ނުކުރެވޭ، ނުވަތަ އަދަދު ގިނަ ކަމުން ގުނަން އުނދަގޫ ނުވަތަ އިމެއް ނެތް ގޮތަށް އެއްޗެއް ނުވަތަ ކަމެއް ހުންނަ ހުރުމުގައި ބޭނުން  ކުރާ އިނގިރޭސި ލަފުޒަށް ކަމަށްވާތީ، މި އިބާރާތުގެ މާނައަކީ "އިންފިނިޓީ އެނގުނު ފިރިހެނާ"އެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *