Support Us

އޭ މަގޭ މަލާއެވެ!

يا زهرتي لا تذبلي  *  ابقي كما أهواك لي

މަލާއޭ ލޯބިވާ، ތިޔަހެން ނުމިލި އަބަދަށް މެ އިންނައްޗޭ
ބަލައިލާން ހިތް އެދޭ ގޮތުގައި މަށަށް އަބަދަށްމެ ފެންނައްޗޭ

عيشي معي يا زهرتي *  طول المدي في منزلي

އުޅެންވީ މުޅި ޢުމުރު ދުވަހަށް މި ގޭގައި އަދި މަށާ އެކުގައި
ކުޅެން އަހަރެން އެދޭ ހިނދުގައި އެއަށް އިންކާރު ނުކުރައްޗޭ

ما أنت إلا حرة  *غني كهذا البلبل

ތިބާއީ މިނިވަނެއް އަބަދަށް ނުވާނޭ ހަމަ ހިލާ އަޅަކަށް
މި ބާޣުން ބުލްބުލާ އެކުގައި އުފާވެރި ލަވަ ކިޔައިލައްޗޭ!

الدار أمست دارك  *  ما شئت فيها افعلي

މަގޭ ގެޔަކީ ތިބާގެ ގެޔޭ އެކަން އެ ގޮތަށް މެ ލިޔެވިއްޖޭ
އެނގޭ ހަމަ ކޮންމެ މުހުތާދެއް ކުރަން ފަސްޖެހި ނުއިންނައްޗޭ!

ما شئت مني اطلبي  *  او اسألي لا تخجلي

ބުނާށޭ ކޮންމެ އެއްޗެއްވެސް ލިބެން ބޭނުންވަނީ ވިއްޔާ
ގުނައި ޢަދަދެއް ކުރާނެކަމެއް ނެތޭ ލަދަކުން ނުއިންނައްޗޭ!

يا زهرتي عيشي بك  *  أرجوك ألا ترحلي

މަގޭ ލޮބުވެތި މަލާއޭ ބަލަ، ޙަޔާތް މިވަނީ ގުޅައިލެވިފައި
އަގޭ ދައްކަން ހުރީ ރުހިގެން، މަ ދޫކޮށް ދާން ނުވިސްނައްޗޭ!

لا تهجريني فالنوى  *  البعد سم قاتلي

އެހެން އެގޮތަށް ހިނގައްޖިއްޔާ އެވާނީ ވިހަލުމަށް މަ މަރާން
އެހެންވީމާ އެކަން އެ ގޮތަށް ނުކޮށް އަބަދަށް މެ އިންނައްޗޭ!

ނޯޓް: މި ޅެމަކީ ޢަރަބި ޅެންވެރިޔަކު ހަދައިފައިވާ ޅެމެކެވެ. މި ޅެން ދިވެހި ބަހަށް ތަރުޖަމާކުރެއްވީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމެވެ. އަޅުގަނޑު ކުރި ކަމަކީ އެ ޢިބާރާތްތައް ވަޒަން ބަހުރުވައަށް ބަދަލުކުރުމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *