އުމުރުން 45 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ޚާއްޞަ "ކެޓަރެކްޓް ކެމްޕޭން" އެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށަން ނިންމައިފިއެވެ.
މި މަހުގެ 7 އިން 13 އަށް ކުރިއަށްދާ މި ކެމްޕޭނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ކޮންސަލްޓޭޝަންތައް ކުރިއަށްދާ މި ކެމްޕޭނުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކަށް އިންޝިއުރަންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ޚަރަދަކާ ނުލައި ޑަކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދޭނެ ކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ކުރިއާލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، އެޕޮއިންޓްމަންޓް ނުހަދާ ނުވަތަ "ވޯކްއިން" އެޕޮއިންޓްމަންޓްތައްވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަނެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އެހެންނަމަވެސް، މި ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިން ފިޔަވައި އެހެނިހެން ޓެސްޓްތަކާއި ފަރުވާގެ ޚަރަދުތައް ދައްކަންޖެހޭނީ އާންމު އުސޫލުންނެވެ.
ރެޖިސްޓްރީކޮށް ނަން ނޯޓު ކުރުމަށް: https://shorturl.at/VKWMx
"ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ."
މި ކެމްޕޭނާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް ހޮސްޕިޓަލުން އެދެއެވެ.



advertisment