މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރި ހއ. އުތީމުގައި މިއަދު ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުޑަކުދީންގެ ހަވީރެއް ބާއްވައިފިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި އުތީމު ކައުންސިލާ ގުޅިގެން އިންތިޒާމުކުރި މި ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި ފުލުހުންނާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެހެނިހެން ފަރާތްތަކުން ވެސް ބައެއް ސްޓޯލްތައް ހަދައިފައިވެއެވެ.
ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ކުޑަކުދިންގެ މި ހަވީރު، ބައްލަވައިލައްވައިފައެވެ. މި ހަވީރުގައި ސަގާފީ ހުށައެޅުންތަކާއި، ދިވެހިންގެ އިހުގެ ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފަހިކުރެވިފައި ވެއެވެ. މީގެ އިތުރުން މި ހަވީރުގައި ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބިދީފައެވެ.
މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ވަނީ ބަހައިފައެވެ.







advertisment