Support Us

ދާއިރާއަށް ހުރި ބައެއް ގޮންޖެހުންތައް އާދަމް ނަޞީރު، ޖަޕާނު ސަފީރާ ހިއްސާ ކުރައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ޖަޕާނު ސަފީރު އިޝިގާމި ރުމިކޯއާ ބައްދަލު ކުރައްވައި، ދާއިރާއަށް ހުރި ބައެއް ގޮންޖެހުންތައް ހިއްސާ ކުރައްވައިފިއެވެ.

ދިވެހިބަހުގެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ޖަޕާނާއި ރާއްޖެއާމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށްޓަކައި ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. ޖަޕާނަކީ ޤައުމީ ގޮތުން، ޚާއްޞަކޮށް ބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ރާއްޖެއާ ވަރަށް އެއް ގޮތް ސިފަތަކެއް ހުރި ޤައުމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މި ދާއިރާއަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަ ކުރައްވައި، ވަޒީރު ވިދާޅުވީ، އެންތުރޮޕްލޮޖިސްޓުންނާއި، އާކިއޮލޮޖިސްޓުން ފަދަ ދާއިރާއަށް ބޭނުންވާ ޢިލްމީ އިންސާނީ ވަސީލަތް އެކަށީގެންވާ މިންވަރަށް ނެތް ކަމަށެވެ. އަދި ޓެކްނޯލޮޖީއާއި ވަސީލަތްތައް ވެސް އިތުރުކޮށް ތަރައްޤީކުރަންޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ތަރިކައިގެ ދާއިރާއަށް ވަރަށް އުންމީދީ މޫސުމެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިންގެ އަމިއްލަވަންތަ އަސްލުތަކުގެ މައްޗަށް ޚާއްޞަ އިސްކަމެއްދެއްވައި، މިހާރު ހުޅުއްވާލަދެއްވާފައިވާ ފުރުޞަތުތަކުގެ ސަބަބުންނެވެ. އެ ގޮތުން ދާއިރާއަށް ގެންނަން ބޭނުންވާ ޒަމާނީ ޢިލްމީ އިންޤިލާބީ ބަދަލާއި ތައްޤީގައި ޢިލްމާއި ޓެކްނޯލޮޖީގެ ގޮތުން ޖަޕާނަކީ އުންމީދީ ބައިވެރިއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ޖަޕާނާ އެކު ބާއްވަމުން އަންނަ ބަދަހި ގާތްގުޅުން ފާހަގަކުރެއްވިއެވެ. މި ގޮތުން މިއަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ ރަސްމީ މުނާސަބަތަށް ޖަޕާނުގެ ޚާއްޞަ ވަފުދަކަށް ދިވެހި ސަރުކާރުން ދިން ދަޢުވަތު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ބަހާއި ސަގާފަތާއި ތަރީޚާއި ތަރިކައިގެ ދާއިރާގެ ތަރައްޤީއަށް ޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ކަންކަމުގައި ފަންނީ ޢިލްމީ އެހީތެރިކަން ފޯރުވައިދެއްވާން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރަށް ރާއްޖޭގެ ތާރީޚާ ގުޅިފައިވާ ދުވަސްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަކަން ފާހަގަކުރައްވައި އެއީ ވަރަށް ޝައުޤުވެރިވެރި އަދި ޤައުމީ ބަދަހިކަމަށްޓަކައި އެހާމެ ބޭނުންތެރި ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ އަހަންމިއްޔަތާއި ކުރިޔަށް ގެންދެވޭ ގޮތާމެދު ސަފީރު ތާރީފުކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް