Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

އެން.ސީ.ބީ އިން ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފި

ސުޝާންތައް ޑްރަގް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ރިއާ ޗަކްރަބަތީ އެން.ސީ.ބީ އިން ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސުޝާންތުގެ މަރުގެ މައްސަލައިގައި ތިން ދުވަހުގެ ސުވާލުކުރުމަށްފަހު ރިއާ ވަނީ ސުޝާންތަށް ޑްރަގް ފޯރުކޮށްދިން ކަމަށާއި، އޭގެ ބޭނުންކުރި ކަމަށް އެއްބަސްވެފައެވެ.

ޑްރަގުގެ ބޭނުން ނުކުރާ ކަމަށާއި އަދި ސުޝާންތް ޑްރަގް ބޭނުންކުރުން ހުއްޓުވޭތޯ މަސައްކަތް ކުރިކަމުގައި ކުރިން ބުނެފައިވީ ނަމަވެސް އުމުރުން 28 އަހަރުގެ ރިއާގެ ވަޓްސްއެޕް މެސެޖްތަކުން އޭނާ އެކަން ކޮށްފައިވާކަމުގެ ހެކި ހުރި ކަމަށްވެއެވެ.

"މިއީ އިންސާފަށް ކުރެވުނު މަލާމާތެއް. ތިން އޭޖެންސީ ވެގެން އަންހެނަކަށް ފުރައްސާރަ ކުރެވެމުން މިދަނީ ފަސް އަހަރު ވަންދެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި ނަފްސާނީ ގޮތުން ބަލި، ގަވާއިދާ ހިލާފަށް ހޯދާފައިވާ ޑްރަގް ބޭނުންކޮށް، އަދި އަމިއްލައަށް މަރުވި މީހެއް ދެކެ ލޯބި ވެވުނީމަ." ރިއާގެ ވަކީލް ސަތިޝް މަނެޝިންދް ބުންޏެވެ.

ރިއާ ޗަކްރަބަތީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ސުޝާންތްގެ މުއްސަނދިކަމުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި، އޭނާއަށް ނަފްސާނީ ގޯނާ ކުރުމާއި، އަދި އޭނާގެ މަރުގައި ބައިވެރިވިކަމުގެ ތުހުމަތު ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *