ނޯޓް: މިއީ ޢަރަބި ޅެންވެރިޔާ ޢަބްދުއްރަޙްމާން ބިން މުސާޢިދް ފުރައްސާރައެއްގެ ގޮތުގައި ހައްދަވައިފައި ޅެމެކެވެ. އެ ރޫޙުގައި ކިޔައިލެއްވުން އެދެމެވެ. މި ޅެން އާމާލް މާހިރުގެ އަޑުން ޔޫޓިއުބުން ފެނިވަޑައިގަންނަވާނެއެވެ.
شكرا للأحبة ..
އިހުތިރާމް ލިބިގެންވާ ޗޯރު:
(ހިތުގެ ފުނުން ލޯތްބާ އެކު) ހަރާމީ ޗޯރުކަލޭގެ އަށް އިހުތިރާމް ރައްދުކުރަމެވެ.
_އޭނާ އަކީ، އަމިއްލަ ނަފުސުން، ކުރި ބުރަ މަސައްކަތުން ޢިއްޒަތްތެރިކަން ހޯއްދެވި ފަހުލަވާނެކެވެ.
_ކެތްތެރިކަމާއި ތަޖުރިބާ އާއި ފަރުވާތެރިކަމާއެކު ގައެވެ.
_(ބިސްމި ކިޔައިފައި) ފެށީ ކުދި ވައްކަމުންނެވެ.
ދެންވެސް ކުޑަވަރެއްގެ ވަގެއްހަދާލުމެކެވެ.
އެއަށްފަހު މަސައްކަތު މާހައުލުން ބޭރަށް ދާއިރާ ފުޅާކޮށްލީއެވެ.
އެންމެ ފަހުން ކުރީސަފަށް އަރާ ކުރިބޯށި ވެސް ހޯދީއެވެ.
އެއީ ވާ ފުއްދުންތެރި ފަސްބައި ސާފު ބޭކަލެކެވެ.
"އަމާނާތްތެރިކަމާ އެކު" ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އެއޮއްފަދަ ބޮޑު މާސިންގާ ރައުސްމާލު "ހަޖަމުކޮށްލުން" އެއީ ކުޑަ މަސައްކަތެއް ހެއްޔެވެ؟
މިހާރު "އެބޭޅާ" އަކީ، ގާނޫނުން ބޭރުނުވާ ނަޒާހަތްތެރިކަމުގެ ފިލާވަޅު ނަގައިދެއްވާ އެދުރުބޭކަލެކެވެ.
ހެޔޮކަންތަކަށް އަމުރުކުރައްވައެވެ. ހަރާންކަމެއް ކުރައްވާނަމަ، ކުރައްވަނީ ކަނު އަނދިރީގައެވެ.
ވައްކަންކުރައްނީ ވެސް ނުހަނު ލާސާނީ ގޮތަކަށެވެ.
ބުރަ މަސައްކަތުން ފައިކޭޓު ފުރުއްވަނީއެވެ. ގާނޫނަށް ވެސް ބިރެއްނެތިއެވެ.
އެއީ، ދާ އޮހުރުވައިގެން ކުރާ ބުރަ މަސައްކަތުން ސަވާބު ލިބޭތީ ކަމަށް ވެއެވެ.
މިދުވަސްވަރު ކުރައްވާ ކަމަކީ، މިންވަރަށް އީމާންވުމާއި، ނަޒާހަތްތެރިކަމުގެ ފިލާވަޅުތައް މެހެފިލްތަކުގައި ނަގައި ދެއްވަނީ އެވެ.
އަދި އެމާތް ސާހިބާ ނަހައްގު އެއްޗެއް ނުހޯއްދަވާކަމުގެ ކަށަވަރުކަން ދެއްވަނީއެވެ.
ކުރާނީ ކީއްހެއްޔެވެ؟
ގާނޫނަށް އިހުތިރާމް ނުކުރާ މީހުންނަށް އިހުތިރާމް ލިބިއްޖެއެވެ. ނަހަމަ މުދާ ކެއުމަށް އިހުތިރާމް ލިބިއްޖެއެވެ.
(ހިތުގެ ފުނުން ލޯތްބާ އެކު) ހަރާމީ ޗޯރުކަލޭގެ އަށް މަ އިހުތިރާމް ރައްދުކުރަމެވެ.
