ރާގު: ޓަންޑިޓަންޑީ ހަވާ.
ގަންދެމުންނޭ ލޮލާ ނަފުސު ބުނަނީ ދުލާ
ތަންފުކެއް ވެސް ނުދޭނަން ދުލެއް ހަމަ ހިލާ
ރީތި ހުރިހާ ނަމެއް ދީފިޔޭ ތިޔަ ދުލުން
މީހަކަށް ނުފެނެއޭ އޭގެ އަސަރެއް ލޮލުން
ވީކަމެއް ހަމަ ހަރާމޭ ކުރިން ނެތް އަލުން
ހީ އަކަށް ތަންދެނީ ޝައްކު މުސްތަގުބަލުން
ހާދަ ދީލަތިކަމެއް ދައްކައޭ އެބަ އަޑުން
ވާނުވާ ނޭގި ތިއްބާ އަހަން މަޑުމަޑުން
ފާޑުފާޑަށް ލިޔާ ސިއްރު ތިޔަ ދެލިގަނޑުން
މާދަމާ ނެތް ސަލާމަތް މި ވަދެވޭ ޖަލުން
ހެއްވަމުން އަންނަނީ ރީތި ލަވަތައް ކިޔާ
ދެއްވަމުން އެކިނަމުން މާލު ދޭ ލާރިޔާ
ގެންދަނީ ހަގުނައިން ބަދަލު އަންބާ ކިޔާ
އެންމެނެއް އަދި ނުވޭ މަސްތު ތިޔަ ދޭ ރަލުން
ރޭރުވާ ބަޔަކު ވިޔަކަސް ދެލޯ ތިބެ މަރާ
މޭރުމެއް ގައި ތިބީ ބަޔަކު އުފުލަން ތުރާ
ހޭހުރިއްޔާ މަގޭ އަޒުމަކީ މީ ކުރާ
ބޭރުކޮށްލުން ނުވަތަ ޖާގައޭ ކަށްފަލުން