ޢާޖިޒުވެ ތިޔަގޮތަށް ތިބެގެން ނުކުމެ ކުޅިބަލަން
ވާޖިބު އަދާނުކޮށް ނުފިލާނޭ ފޮށޭ ގިލަން
އޭނާގެ ނޫނެ އުނިކަން ދެކެ ފާޑުވީ ކިޔަން
ވޭނާއެވީ ހިފަން ބިރުވެރި ފެންނަހިނދު ހިލަން
އެއްބާރުލާން ހިނގާށެ މުލައްދަނޑިތަކުން އަލުން
އެއްރޫހުގައި ފިރާށެ ސިކުނޑިއާ ދުލާ ގަލަން
ގެއްލެންދަނީ ނަމާއި އަބުރު އެއްލި ކޯޑަކުން
ހެއްލުންތެރިން ތިބާ އެތިބީ ސިކުނޑި ދިޔަފެލަން
އެއްވާނަކަށް ހިފާށެ ވަލަށް ދޫނުކޮށް ލަގަން
އަތްވާއި ވާރެއާ ނުދަނީސް ރޫޅި އަންބަލަން
