Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތްގެ އާއިލީ ވަކީލް: "ލޯބި" ބޭނުންކޮށްގެން ރިއާ އަށް ސަލާމަތެއް ނުވެވޭނެ!

ރިއާގެ ކުށަކީ ހަމައެކަނި ސުޝާންތް ދެކެ ލޯބިވުން ކަމުގައި އޭނާގެ ވަކީލް ބުނުމުން، އެއަށް ހޫނު ރައްދެއް ސުޝާންތްގެ އާއިލީ ވަކީލް ވަރުން ސިންގް ދީފިއެވެ. ވަރުން ސިންގަކީ ސުޝާންތްގެ ބައްޕަގެ ވަކީލް، ވިކަސް ސިންގްގެ ރެޕްރެސެންޓޭޓިވެކެވެ. ރިއާ އާއި ދެކޮޅަށް ސުޝާންތްގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައިގައި ވިކާސް ސިންގްގެ މައްޗަށް ވަނީ ސުޝާންތްގެ މަރުގައި އޭނާ ބައިވެރިވި ކަމަށާއި އަދި ސުޝާންތްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ.

"ރިއާއަށް ކުރިމަތިކުރުވާ ސުވާލުތަކަށް އެދެވޭ ޖަވާބެއް އޭނާއަށް ނުދެވޭ ނަމަ، އޭނާ ޖެހޭނެ ހައްޔަރު ކުރެވެން. ކޯޓެއްގައި ލޯބި ބޭނުންކޮށްގެން ސަލާމަތްވާނެ ކަމަށް ހީކުރުމަކީ ވަރަށް ހައިރާންވާ ކަމެއް. އަހަންނަކަށް ނުވިސްނޭ އެ ޕޮއިންޓް ބޭނުންކޮށްގެން ރިއާ ސަލާމަތްވާނެ ގޮތެއް. އެކަމަކު އޭނަ ސަލާމަތްވާނެހެން ހީވަންޏާ ކޯޓުގައި ވެސް އެވާހަކަ ބުނަންވީ. ޑްރަގޭ ކިޔައިގެން އަހަރުމެންނަށް އެއްޗެކޭ އަދި ބުނެވޭކަށް ނެތް ކޯޓުން އެއްޗެކޭ ބުނަންދެން. އެކަމަކު އެކަހަލަ ކަމެއް ހިނގިނަމަ އެއީ އަހަރުމެންނަށް ލިބޭ އެހީއެއް،" ރިޕަބްލިކް ނޫހާއި ވާހަކަ ދައްކަމުން ވަރުން ސިންގް ބުންޏެވެ.

ސުޝާންތްއަށް ޑްރަގް ފޯރުކޮށްދިނުމާއި ބެހޭގޮތުން އާދިއްތަ ދުވަހު އެން.ސީ.ބީ އިން ވަނީ ރިއާ އާއި ސުވާލުކޮށްފައެވެ. ކުރީގެ އިންޓަވިއުއެއްގައި ރިއާ ވަނީ ސުޝާންތް މެރުވާނާ ބުއި ކަމަށް ބުނެފައެވެ. މި މައްސަލައާއި ގުޅިގެން އެން.ސީ.ބީ އިން ވަނީ ރިއާގެ ބޭބެ، ޝޮވިކް ޗަކްރަބަތީ ވެސް ހައްޔަރު ކޮށްފައެވެ.

އާދިއްތަ ދުވަހު 6 ގަޑިއިރު ވަންދެން ރިއާ އާއި ސުވާލުކުރުމަށްފަހު، ހޯމަ ދުވަހު ވެސް ރިއާ ވަނީ އެން.ސީ.ބީ އަށް ހާޒިރުކޮށްފައެވެ. ސުޝާންތްގެ މައްސަލައިގައި ސީ.ބީ.އައި އާއި އީ.ޑީ އިންވެސް ވަކި ތަހުގީގު ތަކެއް ކުރަމުންދެއެވެ.

އުމުރުން 34 އަހަރުގައި ސުޝާންތް މަރުވެފައި ވަނީ 14 ޖޫންގައެވެ. މުމްބާއީ ޕޮލިސް އިން ފުރަތަމަ އެ މަރު ނިންމާފައި ވަނީ ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވެފައިވާ ހާދިސާއެއްގެ ގޮތުގައެވެ. ނަމަވެސް އަދި މިހާތަނަށްވެސް ސުޝާންތްގެ އާއިލާ އިން އޭނާގެ ނަފްސާނީ ބައްޔެއް ހުރި ކަމަށް ގަބޫލުކުރުމަށް ދެކޮޅު ހަދައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *