Support Us

60 ވަނަ މިނިވަން ދުވަސް

* ރާގު: ޔޭ ބާތޫ ކޮއީ ސަމް ޖާއި ރޭ…

* ޝެހެރީ: ހޫނހުހުހޫ… ހޫނހުހުހޫ…. ހޫނހުހުހޫ…

އާ އާ އާ އާ އާ….

 

މިއައި މިނިވަން ޖުލައި ސައްބީހުގާ (2)

ފުރުނު މީ ފަސްދޮޅަސްވަނަ އަހަރުގާ (2)

މިއައި މިނިވަން ޖުލައި ސައްބީހުގާ…

….

ދިވެހި މިނިވަން ކަމުގެ ދިގު ޢުމްރުގާ (2)

ފުރުނު މީ " ފަސްދޮޅަސް ވަނަ އަހަރުގާ" (2)

ދިވެހި ފަރުދުން ތިބީ "އުއްމީދުގާ"

ހިނގާ! ޖޯޝާއި ފޯރިން އުފަލުގާ

މިއައި މިނިވަން ޖުލައި ސައްބީހުގާ….

 

މިތަން މިނިވަން ކުރެއްވި ޖިހާދުނާ (2)

މިތާ މާޒީވެ ދިޔަ އެ ޝަހީދުނާ (2)

ހިނގާ! އެހަނދާން ތަކެއް އާކޮށްލަމާ

ހިނގާ ޖޯޝާއި ފޯރިން އުފަލުގާ

މިއައި މިނިވަން ޖުލައި ސައްބީހުގާ….

 

މި މާތް ދީނާއި ވަޠަނުގެ ޙައްޤުގާ (2)

ދިވެހި ޤައުމީ ޖިހާދުގެ ރޫޙުގާ (2)

ހިނގާ އެންމެން އަތާ އަތް ގުޅުވަމާ

ހިނގާ! ޖޯޝާއި ފޯރިން އުފަލުގާ

މިއައި މިނިވަން ޖުލައި ސައްބީހުގާ…..

 

ދިވެހި ފަސްގަނޑު މިހެން އޮތް ހިނދަކުގާ (2)

ދިވެހި ދިދަ ވިހުރުވެޭ ނަމައީ ވަޔާ (2)

ދިވެހި ފަރުދުން ތިބޭނީ މިގޮތުގާ

ހިނގާ! ޖޯޝާއި ފޯރިން އުފަލުގާ

މިއައި މިނިވަން ޖުލައި ސައްބީހުގާ….

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *