Support Us

"ބީވީމާ" އިން އަޝްފާ ފިލްމީ ދުނިޔެއަށް

ޑާކްރެއިން އެންޓަޓޭންމަންޓުގެ ފިލްމް "ބީވީމާ" އިން މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ ފިލްމީ ދާއިރާއަށް ނުކުމެއްޖެ އެވެ.

"ބީވީމާ"ގެ ލީޑު ރޯލުން އަޝްފާއާ އެކު ފެނިގެންދާނީ އިސްމާއިލް ރަޝީދު (ކޮޕީއިއްސެ) އެވެ. އަދި މި ދެ ތަރިންގެ އިތުރުން ފިލްމުގެ މެއިން ތަރިންގެ ތެރޭގައި އައިމިނަތު ރަޝްފާ އާއި ފިލްމީ ދާއިރާއަށް އަލަށް ތާއާރަފްކުރާ އާދަމް ޒިދާން ވެސް ފެނިގެންދާނެއެވެ.

"ބީވީމާ"ގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) އަދިވެސް އަށް މައުލޫމާތު ދިން ގޮތުގައި މި ފިލްމުން އަޝްފާ ފިލްމީ ދާއިރާއަށް ނެރެން ބޭނުންވީ އަޝްފާ މި ދާއިރާއަށް ޝައުގުވެރިކަން ހުރިކަން އެނގިގެން އަޝްފާގެ ޓީވީ ޕްރެޒެންޓިން އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭތީ އެވެ.

"ޓީވީ ޝޯތަކުންނާއި ލަވަތަކުން ވެސް ހުރީ އަޝްފާ ޕްރެޒެންޓިން ފެނިފައި، އަޝްފާގެ ޕްރެޒެންޓިންތައް ހިތްހަމަޖެހޭ ވަރަށް ރަނގަޅު. އެހެން ހުއްޓާ އަޝްފާގެ ޝައުގުވެރިކަން ފިލްމީ ދާއިރާއަށް ހުރިކަން އެނގިގެން މިފިލްމުން އަޝްފާ ނެރެން ހަމަޖެއްސީ. އެހެންވެ އަޝްފާގެ ވެސް އިންޓަރެސްޓް ހުރި، އަޅުގަނޑުމެން ވެސް މޭކް ކުރަން ބޭނުންވި ކަހަލަ ސްޓޯރީއެއްގެ މައްޗަށް ބިނާކޮށް މިފިލްމް އުފައްދާފައިވަނީ،" މޮގާ ބުންޏެވެ.

ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ މިހާތަނަށް ޑާކްރެއިން އިން އުފައްދާފައިނުވާ ފަދަ ވަރަށް ތަފާތު ލޯބީގެ ފިލްމަކަށް ވެގެންދާނެ ކަމަށް މޮގާ ބުންޏެވެ.

މި ފިލްމްގެ މަސައްކަތް ކޮވިޑް19 އާ ގުޅިގެން ހުއްޓިފައި އޮތް ނަމަވެސް ފިލްމްގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އަދި އަންނަ އަހަރު މި ފިލްމްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޑާކްރެއިން އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *