Support Us

"ބީއެމްއެލް ވާއު ކިޑްސްގެ ރަން"ގައި ބައިވެރިވާން ހުޅުވައިލައިފި

"ބީއެމްއެލް ވާއު ކިޑްސްގެ ރަން"ގެ 10 ވަނަ އަހަރީ ދުވުމުގައި ބައިވެރިވާން ހުޅުވައިލައިފިއެވެ.

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" އޮންނަނީ ސެޕްޓެމްބަރު 12 ވާ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި މި އަހަރުގެ ރޭހުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. އަދި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކު އެވެ.

މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހަތަރު ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެން ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ފިތާލާ

 

 

 

 

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *