Support Us

ދަޖަލުސީ: ސިޔާދަތަށް އޮތް ނުރައްކަލެއް

އޭ ދަޖަލުސީއޭ ކަލޭ ތިޔައީ ވަރަށް ބޮޑު ޚާއިނެއް
ހޭދަވާ ވަގުތަށް ބެލުން ނެތި ދޮގު ހަދާ ބޮޑު ކާޛިބެއް

ޙައްޤު އޮތްތާ އޮތް ގޮތަށް ބާއްވައި ތިމާ ބޭނުން ގޮތަށް
ހައްދު ނެތްހާ ދޮގުތަކެއް ހަދަމުން ދުވާ ދޮގުވެރި އަޅެއް

ޤައުމު އިނދަޖެހި އިޤްތިޞާދީ އިޖުތިމާމާޢީ ރޭހުގައި
ނައުދެވޭހެން ވެއްޓެމުން ދާހިނދު އެކަން އޮޅުވާ ސޮރެއް

ޖީބުތައް ފުރި އާއިލާއާ ރައްޓެހިންނަށް ބައި އަޅައި،
ދީބުގައި  މުއްސަނދިވުމަށް ވައްކަންކުރާ ނުލަފާ ވަގެއް

މުސްތަޤިއްލުކަމާ ސިޔާދަތު ޖީބު ބޮޑުކޮށް ވިއްކަމުން
ހުސް ދޮގާ މަކަރާ ޖަހައިގެން ރައްޔިތުން "ކައިލާ" މަހެއް

ދީނަކަށް އަދި ޤައުމަކަށް ކުޑަ ޙުރުމަތެއް ވެސް ނެތް ގޮތަށް
ކީ  ނަމެއް ކިޔަމުން ޚިޔާނާތްތެރި ވަމުންދާ ޚާއިނެއް

ކައިރި ކުޑަތާ ބާރަކަށް އަޅުވެތިވަމުން ތިބެ ޚާއިނުން
މައި ކަރައިގެ ދަށަށް ސިޔާދަތު ވިއްކަމުންދާ "ތާޖިރެއް"

"ސްނޮލިގޮސްޓަރ"އީ ދިވެހިކޮށްލަން ބަދަލު ލަފުޒެއް ހޮވައި
ފެނުނު ލަފުޒެއް ޢާންމުކޮށްލާން ޑޮކުޓަރަކު ދެއްކެވި ބަހެއް

އަމަށަކުން "މާޒީ" ލެހެއްޓެވިހާ ހިނދަކު މި ޙަޔާތުގައި
ހަމަ ޔަގީނޭ ދަޖަލުސީއެއް ކަމު ނުވާނަމެ އަޅުގަނޑެއް

އަދު އަޒީ މިކުރާ ކަމެއް ކުރަނީ ބަހަށް ހެޔޮ އެދި ވަރަށް
މަދު ނުވާނޭ ޚިދުމަތެއް ދޭން އެދި އަދައި ކޮށްލާ ކަމެއް

ޔާއިލާހީ! ދަޖަލުސީ އިން ވާޚިޔާނާތް ބައްލަވައި
މާ އިހުއްސުރެ ދެއްވި ދަފުޢަށް އެދި މި އުފުލައިލީ އަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *