Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ޑްރަގްގެ ތުހުމަތުގައި ސުވާލުކުރުމަށް ރިއާ ޗަކްރަބަތީ އެން.ސީ.ބީ އަށް!

ފިލްމީ ތަރި ސުޝާންތަ ސިންގްގެ މަރުގެ މައްސަލައިގައި ރިއާ ޗަކްރަބަތީ މިއަދު އެ ހެޑްކުއާޓާރސްއަށް ހާޒިރުކޮށްފިއެވެ. ހެޑްކުއާޓަރސްއަށް ރިއާ ދިޔައީ މުމްބާއީ  ޕޮލިސް އޮފިސަރުންގެ ތިން ކާރުގެ ހިމާޔަތުގައެވެ. އަދި އެ ހެޑްކުއާޓާރސްގެ ކުރިމަތީގައި އެއްވެފައިވާ އެއްވެސް ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދިނުމަށް ރިއާ ވަނީ ދެކޮޅުހަދައިފައެވެ.

މިހާރު އެންމެ ގިނަ މީހުން ރިއާއަށް ކުރިމަތިކުރުވާ ސުވާލުތަކަކީ އޭނާގެ ބޭސްފަރުވާގެ ހިސްޓްރީއާ ބެހޭ ގޮތުންނެވެ. މިގޮތުން އެން،ސީ،ބީގެ އޮފިޝަލުންވެސް ރިއާ އެއްވެސް ދާއިމީ ބޭހެއް ކައިތޯ ސުވާލުކޮށްފައިވެއެވެ.

ރިއާގެ ބޭބެ ކަމަށްވާ ޝޯވިކް ޗަކްރަބަތީއާއި ސަމުއެލް މިރަންޑާވެސް މިއަދު ވަނީ ހެޑްކުއާޓާރސްއަށް ހާޒިރުވެފައެވެ. ނަމަވެސް މިއަދު އެއްވެސް ކުރިމަތިލުމެއް ނުހިނގާ ކަމަށާއި، ރިއާ އަދި ޝޯވިކްގެ ސްޓޭޓްމަންޓް ދިމާނުވާ ކަމަށްވާނަމަ، ރިއާ ހައްޔަރު ކުރެވެން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

މުމްބާއީގެ އެން.ސީ.ބީގެ ޗީފް ސަމީރް އިސްވެހުރެ، އެން.ސީ.ބީގެ އޮފިޝަލުންގެ ޓީމަކާއި މުމްބާއި ޕޮލިސް އޮފިސަރުންގެ ޓީމަކުން ފިލްމީ ތަރި ރިއާގެ ގެއަށް ގޮސް މިއަދު ހެނދުނު ވަނީ ހެޑްކުއާޓާރސްއަށް އައުމުގެ އަމުރު އިއްވާފައެވެ.

ޝޯވިކްއާއި ސުޝާންތް ސިންގްގެ ހައުސް މެނޭޖަރު ސެމުއެލް މިރަންޑާ ވަނީ ޑްރަގުގެ ކޭސްއަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައެވެ.

ރިއާގެ ވަކީލް ސަތިޝް މަނެޝިންދް ބުނާގޮތުގައި ރިއާ ހުރީ ހައްޔަރުވުމަށް ތައްޔާރަށެވެ.

ރިއާގެ ސްޓޭޓްމަންޓްގައި އޭނާ ބުނެފައި ވެއެވެ. "މީހެއް ދެކެ ލޯބިވުމަކީ ކުށެއް ނޫން. ލޯބީގެ ސަބަބުން ކުރިމަތިލާންޖެހޭ ކަންތައްތަކަށް އަހަރެން ކުރިމަތިލާނަން. އަހަރެން މީ ކުށްވެރިއެއްނޫން. އެހެންވެ އަހަރެން ކޯޓުގައި ބެއިލްއަށް އެދިފައެއްވެސް ނުވާނެ."

މައުލޫމާތު ލިބޭ ގޮތުން ރިއާއާ ސުވާލުކުރުން ކުރިއަށްގެންދިޔައީ އެން.ސީ.ބީގެ ދެ ސީނިއަރ އޮފިޝަލުން ކަމަށްވާ ސަމީރް އަދި މަލްހަތްރާ އެވެ. ވީޑިއޯ ރިކޯޑްކުރެވޭ މި ސުވާލުކުރުމުގައި ރިއާގެ ވަޓްސްއެޕްގެ މެސެޖްތަކުގެ ތަފްސީލް ދައްކާނެ ކަމަށްވެއެވެ. އޮފިޝަލުންގެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ރިއާއަށް ނުދެވޭނަމަ އޭނާ ހައްޔަރު ކުރެވޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *