Support Us

ނޮވެންބަރު 3ގެ އުދުވާނާ ގުޅޭ ފިލްމު ޝާހިދަށް

ނޮވެންބަރު ތިނެއްގައި ދިވެހިންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ބޮލީވުޑުން ފިލްމެއް ހަދަން ނިންމައިފި އެވެ.

ޝާހިދު ކަޕޫރް ލީޑް ރޯލް ކުޅޭ މި ފިލްމަކީ 1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާގެ "ސިފައިން ހިންގި" ހާއްސަ އޮޕަރޭޝަންގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމަކަށްވާއިރު މި ފިލްމަށް ދޭނެ ވަކި ނަމެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ނެޓްފްލިކްސް އިން ހަދާ މި ފިލްމަށް ޝާހިދު ކަޕޫރު މިހާރު ވަނީ ސޮއި ވެސް ކޮށްފައެވެ.

މި ފިލްމަކީ "ރަންގޫނު" އަދި "ހައިދަރު" ފަދަ ފިލްމްތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދިތްޔަ ނިމްބާލްކަރުގެ ފުރަތަމަ ޑައިރެކްޓް ކުރާ ފިލްމެވެ.

ނެޓް ފްލިކްސްއިން އުފައްދާ މިފިލްމްގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ކަމަށް ވެސް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މޯދީ ސަރުކާރުން އުފައްދާ ފިލްމުގައި ބާޣީން އޮޅުވާލަފާނެ. ކެރަފާތައް ސަލާމަތްކޮށް އެކޮޅު މިކޮޅަށް ޖަހާލަފާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *