ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިގަދަވާނެތީ މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ރޭ 10:30 އިން ފެށިގެން މިއަދުގެ މެންދުރު 2:30 އާ ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހިސާބުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމުދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
Orange Warning issued for the area between Baa Atoll to Addu City. pic.twitter.com/PIvudE4g7G
— Maldives Meteorology (@MetMaldives) September 5, 2020
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެމްއެންޑީއެފުން ވަނީ މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވަތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުތައް ފެށުމަށް އިލްތިމާސްކޮށްފަ އެވެ.



advertisment