Support Us

ހޯޑެއްދޫން 19 މީހުން ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން އަށް

ގދ. ހޯޑެއްދޫން ކޮވިޑް19 އަށް 19 މީހުން ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ ހޯޑެއްދޫން ކޮވިޑް19 ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނުނީ މާލެއިން ފުރަބަންދަށް ދިޔަ އާއިލާއެއްގެ ހަތަރު މީހެއްގެ ފަރާތުން ކަމަށެވެ. އަދި އޭގެ ދެ ދުވަސް ފަހުން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި 19 މީހުންނަކީ އެ ދެމީހުންގެ ކޮންޓްރެކް ޓްރޭސިންގެ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ސާންޕަލް ނެގި 36 މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

ހޯޑެއްދޫން ކޮވިޑް19ގެ ގިނަ ކޭސްތަކެއް އެއްފަހަރާ ފެނުމާ ގުޅިގެން އެރަށުގައި އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވި 19 މީހުންނާ ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ އެރަށުގައި ފަށައިފަ އެވެ.

ހޯޑެއްދޫން 19 ޕޮޒިޓިވް ކޭސް ފެނުމާ އެކު އެރަށުގެ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި އެރަށުގެ ސްކޫލް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ހޯޑެއްދޫން މި 19 މީހުންނާ ކޮންޓެކްޓްވި ފަރާތެއް ވާނަމަ އެކަން އެރަށުގައި މިހާރު ގާއިމްކޮށްފައިވާ ހޮޓްލައިނަށް ހިއްސާކުރުމަށް އެދިފަ އެވެ.

ކޮންޓެކްޓެއްގެ ގޮތުގައި ބަލަނީ 15 މިނެޓަށްވުރެ ގިނައިރު 6 ފޫޓަށް ވުރެ ކައިރިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ ބައްދަލުވެފައިވާ މީހަކަށްވުން، ބަންދު ތަނެއްގައި 6 ފޫޓު ކައިރީގައި ތިބުން، އެ މީހަކާ އެއްވެސް ފިޒިކަލް ކޮންޓެކްޓެއް އޮތުމެވެ. އަދި ސާންޕަލް ނެގުމުގެ ދެ ދުވަސް ކުރިން އެމީހަކާ ދިމަވެފައި ހުރި މީހުން ވެސް ކޮންޓެކްޓެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ހޯޑެއްދޫގައި ބަލި އިތުރަށް ފެތުރެމުން ހުއްޓުވުމުގެ ގޮތުން ހޯޑެއްދޫއާ ކޯޒްވޭ އަކުން ގުޅިފައިވާ މަޑަވެލި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ނަޒްލާ ވިދާޅުވީ މިއީ ވަރަށް ނާޒުކް ދަނޑިވަޅެއް ކަމަށާއި މިބަލި މާލޭގައި މިހާރު މިއޮތީ ވަރަށް ބޮޑަށް ފެތުރިފައި ކަމަށާއި ރަށްރަށަށް ފުރަބަންދު ކަރަންޓީނަށްދާ ފަރާތްތަކުން ވެސް ރަށްރަށަށް ދިއުމުގައި މިހާރަށް ވުރެ ބޮޑަށް ވިސްނަންވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެއިން ރައްރަށަށް ދާން ބޭނުންވާ ފަރާތްތަކުން ވެސް މިހާރަށް ވުރެ ބޮޑަށް ވިސްނަންވެއްޖެ، މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އަތޮޅު ތެރޭގައި ވެސް އިތުރަށް ވަރުގަދަ ކުރަންވީ ވަގުތު،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް19 އަށް މިއަދު ރާއްޖެއިން 125 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ގދ. މަޑަވެލިން ޕޮޒިޓިވްވި 19 މީހުންގެ އިތުރުން މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 106 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 8486 މީހުން ޕޮޒިޓިވްވެފައިވާއިރު 2629 އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިއްބެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 29 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *