ކަމެއް ބޭނުންވެގެން އެދުމުން ކަމެއް ﷲ ދެއްވެވުމުން
ކަމެއްދެއްވެވިފަރާތް ( ﷲ އަށްވެސް) ޝުކުރުވެރި ނުވުމުން
ނުވާނަމަ ހަރުދަނާ އީމާންކަމެއް އިންސާނަކަށް ލިބިގެން
ކުރާ ކަން ކަން ކުރާއިރުގައި ނުލާހިކު ޝައްކުގައި ހުރުމުން
ހިނގާހުރިހާ ކަމެއް ހިނގަނީ އިރާދަފުޅާއި ލައިގެންކަން
ތިމާ ވިސްނައި ނުލައި އެކަމަށް ދިމާޔަށް މަގުފުރެދި ދިއުމުން
ކުރަން ބޭނުންވި ކޮންމެ ކަމެއް އެދޭ ގޮތަކަށް ނުފުދި ދިޔުމުން
ނުބައި މިންވަރާ، ހެޔޮ މިންވަރަށް އީމާން ތިމާ ނުވުމުން
ކަމެއް މީހާ ކުރާއިރުގައި ޔަގީންކަން ހިތު ތެރޭ ނެތުމާ،
ކަމެއް ޙާޞިލް ނުވީމާ ދެން ޤަޟޯ ޤަދަރާއި މަތި ކުރުމުން
އިރާދަ ކުރެއްވުމާ ނުކުރެއް ވުމީ ހަމައެކަނި މިންވަރުފުޅު،
ތިމާ އީމާންކަމެއް ހިތުގައި މިފަދަ ސާބިތުކަމެއް ނެތުމުން
އެދޭ ކަން ކަން، އެދޭ ގޮތަކަށް ތިމާޔަށް ކާމިޔާބު ވުމުން،
ހެދޭ ނުހެދޭ ގޮތާ، ވާއެއް، ނުވާއެއް ނޭނގި،މަގު އޮޅުމުން
ތިމާޔަށް ޢިއްޒަތާ ޝަރަފާއި، ޤަދަރާ ބާރު ދެއްވީމާ،
ސަލާމަތް ބުއްދި ނެތިގޮސް ޚާލިގާ، މަޚްލޫޤު ވެސް އޮޅުމުން
