Support Us

ހާލަތު ބަދަލުވާނެޔޭ

ކޮންމެ ކަޅުރެއަކަށް ނިމުން އަލިފަތިހަކުން އަންނާނެޔޭ
ކޮންމެ ހާލެއްވެސް ބަދަލުވާ ހާލަތެއް އޮންނާނެޔޭ

މުގުރަމުންދާ ރާޅު ކަނޑުތައް މަޑު ހިމޭންވެ ތެމާވެފައި
އަނގުރުއަލިފާން ބަދަލު އަޅިއަށް ނުވަތަ ދެއްޔަށް ވާނެޔޭ

މޫދު ފަޅު ވިލު ކަނޑުގެ ދެއިރަށް ބަދަލުވާހިނދު އާޖުފާޖު
ފޫދުމާ ހިކުމާއި ދިޔަވަރު މޫސުމަށް ފެންނާނެޔޭ

ވާރެފެން ގިނަ ވައިވެފައިގަދަ ހުޅަނގު މޫސުމަކަށް ފަހުން
ބާރު އަތްވާ ރޯޅިފަށް މަޑު އިރުވައެއް އަންނާނެޔޭ

ގުލްޝަނަށް މޫސުން ޚަރީފުގެ ހިޔަނިއެޅި ގަސްތައް މިލައި
ގުލަހަޒާރުގެ މާފޮޅޭ މޫސުން ފަހުން އަންނާނެޔޭ

މިއަދު މުއްސަނދިކަމުގެ ތާޖުން ފަޚުރުވެރިވާ މަހުޖަނުން
ދިއަތަނެއް އަތްމަތި ނުއެނގި މާދަން ފަގީރު ވެދާނެޔޭ

ނޫރުކަން ދެލޮލުން ވިދާ ކަށި ނޫ ޒުވާން އުމުރަށްފަހުން
ތޫނުކަން ނެތް ރޫވެ މުސްކުޅި ވާ ދުވަސް އަންނާނެޔޭ

ހިތުގެ ހުތުރުން އިއްޔެ ހަމަލާދިން ހަތުރުވެރި ދުޝްމިނުން
މިތުރަކަށްވެ ބަދަލު ހިމާޔަތްދޭން ފަހުން އުޅެފާނެޔޭ

ބާރުހިންގާ ގޮށްމުށުންނާ ހަންމުށިން ވެސް ލާނިހާ
ޖާއިރުން ނެތި ބާރު ނިކަމެތި ވާ ދުވަސް ފެނިދާނެޔޭ

***

* އީރާނުގެ މިސައިލުތައް އިޒްރޭލުގެ ތެލްއަވީވަށް ފޯރުމުން
އައި ޝުޢޫރެއް.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *