Support Us

ދައުލަތް ހަގެވެ. އަސްކަރިއްޔާ ދޮށްޓެވެ.

އެމެރިކާއަކީ 1776 ވަނަ އަހަރު އުފެދުނު ދައުލަތެކެވެ. ދިވެހި ދައުލަތަށްވުރެ ބޮޑުތަނުން ހަގު ދައުލަތެކެވެ. މި އަހަރުގެ ޖުލައި ހަތަރު ވަނަ ދުވަހަށް އެ ދައުލަތަށް 249 އަހަރު ވާނެއެވެ. މިއަދު އެ ޤައުމުން ފާހަގަ ކުރަނީ އެ ޤައުމުގެ އަސްކަރިއްޔާގެ 250 ވަނަ އުފަންދުވަހެވެ. އެ ދައުލަތަށްވުރެ އަސްކަރިއްޔާގެ އުފަންދުވަސް ކުރީގައި އުޅެނީ އެ ދައުލަތް އުފެދިގެން އައުމުގައި ފުރަތަމަ ލަޝްކަރެއް އެކުލަވާލެވުނު ތާރީޚަށް ބަލައިފައެވެ.

ދިވެހި ޤައުމަށް 4000 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ބުނެވެއެވެ. ދިވެހި ދައުލަތަކީ ފެށުނު ޒަމާނެއް އެނގެން ނެތް ގަދީމީ ދައުލަތެކެވެ. މީލާދުން ތިން ވަނަ ގަރުނުގެ ލިޔެކިޔުމުންގެ ދިވެހީންގެ އަމިއްލަ، މިނިވަން ދައުލަތެއް މި ރާއްޖޭގައި އޮތްކަން އެނގެއެވެ. އެ ދައުލަތް ދިފާޢުކުރި ލަޝްކަރުތައް މި ޤައުމުގައި އޮތެވެ.

އެކަމަކު މި ޤައުމުގެ އަސްކަރިއްޔާއަށް މިވީ އެންމެ 133 އަހަރުކަމަށް އަޅުގަނޑުމެން މިތިބީ ގަބޫލުކޮށްގެންނެވެ. އެއީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައި 1892 ވަނަ އަހަރު "ސިފައިން" އުފެއްދެވީތީއެވެ. އެ ރަދުން "ސިފައިން" އުފެއްދެވިއިރު ވެސް ދިވެހި ދައުލަތް ދިފާޢުކޮށް، ރައްޔިތުންނާއި ދައުލަތުގެ ވެރީން ހިމާޔަތްކޮށް ދިވެހި ދައުލަތް ބެލެހެއްޓި ލަޝްކަރެއް އޮތެވެ.

އެހެންވީމާ، މި ރާއްޖޭގެ އަސްކަރިއްޔާގެ އުފަންދުވަސް މިހާރު މި ފާހަގަކުރެވޭ ތާރީޚު ރަނގަޅު ހެއްޔެވެ؟

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް