Support Us

މުޅި އޮޑީ ހަސަނުގެ ދެފައި

ދައްޕަރާ ހަނިމާދުއަށް ވިސްނައިލިޔަސް ހަސަނުގެ ދެފައި
ބައްޕައެއް ކަމުގައި ވެގެން ހަންފަތުރަނީ ހަސަނުގެ ދެފައި

ގޭގެއަށް ކުލިދީ ނަގައިގެން ރައްޔިތުން ހައްލައި ހަދައި
އޭގެ ފަހުގައި ފެންނަނީ އަދި މުޅި އޮޑީ ހަސަނުގެ ދެފައި

ހައްދުއަށް މެދުރާއްޖެއިން ވަކިހިއްޕަމުން އެތަނަށް އަރައި
ކައްދުއިން ވެސް ފެންނަނީ ބަލަ މުޅި އޮޑީ ހަސަނުގެ ދެފައި

އައްޑޫ ބިމުން ބޮޑު ޖާގައެއް މަކަރުން ދަމައިގަނެ ފާޅުގައި
އައްޑޫގެ ބިމުގައި ފަތުރަމުން ގެންދަންފެށީ ހަސަނުގެ ދެފައި

ދިން އެއީ ހަދިޔާއެކޭ ހެލިކޮޕްޓަރެއް ނަމަކަށް ކިޔައި
އިންތިހާއަށް ގައުމުގައި ހަންފަތުރަނީ ހަސަނުގެ ދެފައި

ދައުލަތުގެ މާލީ ނިޒާމުގެ ސިއްރުތައް ދީ ބޮލަރުވައި
ގައުމު އިނދަޖައްސައިލަނީ ވައްދައި އެއަށް ހަސަނުގެ ދެފައި

މަސްވެރީންނަށް ދުއްތުރާ ކުރުމަށް ސަމަންދަރު ހުޅުވުމަށް
އަސްދަނޑީން މަސްވެރިކަމަށް އަތްކޮށްޕަނީ ހަސަނުގެ ދެފައި

"އައިހަވަން"އާ "ފާފު" ފަދަ މަޝްރޫޢުތައް ވެސް ހުއްޓުވައި
ގައިމު ވެސް އިނދަޖެއްސުމަށް ކޮށްޕައިލަނީ ހަސަނުގެ ދެފައި

ގައުމުގައި މިނިވަންކަމަށް ފައިކޮށްފަނީނަމަ ތިޔަ ގޮތަށް
ގައިމު ވެސް ވާކޮށްލުމަށް އެދެވޭނެނީ ހަސަނުގެ ދެފައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *