Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ދޮގު ހަބަރު ނުފެތުރުމަށް ހައިކޯޓުން އަންގައިފި

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާއި ގުޅިގެން ނޫސްވެރިން އަމިއްލައަށް ކުރާ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދޮގު ހަބަރު ނުފެތުރުމަށް ހައިކޯޓުން މީޑިއާތަކަށް އަންގައިފިއެވެ.

މުމްބާއީގެ ހައިކޯޓަށް ހަވާލާދީ އިންޑިއާ ޓައިމްސުން ބުނިގޮތުގައި ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ އަގު ވެއްޓޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ދަނީ ހަބަރު ފަތުރަމުންނެވެ. ދޮގު ހަބަރު ނުފެތުރުމަށް ހައިކޯޓުން އަންގާފައިވަނީ ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން މުމްބާއީ ފުލުހުންނާ ދެކޮޅަށް ދޮގު ހަބަރު ފެތުރުމުގެ ކެމްޕޭނެއް އިންޑިއާގެ މީޑިއާތަކުން ފަށައިފައިވާ ކަމަށް ބުނެ، އެ ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން އިންޑިއާގެ ބައެއް މީޑިއާތަކުން އޭނާގެ ބައެއް މުވައްޒަފުންނާއި ސުވާލުކޮށް، އެމީހުން ބުނާ ކަންކަމުގެ މައްޗަށް ބިނާކޮށް ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ހަބަރު ލިޔަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ދަތިތައް ކުރިމަތިވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އިންޑިއާގެ މީޑިއާތަކާއި ދެކޮޅަށް މައްސަލަ ހުށަހެޅީ ކުރީގެ އައިޕީއެސް އޮފިސަރުންތަކެއް ކަމަށާއި، ރިޓަޔަރ ކުރުމުގެ ކުރިން އެމީހުންނަކީ ޑިރެކްޓަރ ޖެނެރަލް ފަންތީގެ ބޭފުޅުން ކަމަށް އިންޑިއާ ޓައިމްސުން ބުންޏެވެ. މުމްބާއީ ފުލުހުންގެ އިތުރުން، ސުޝާންތުގެ މަރުގެ މައްސަލައިގައި އެމީހުންނާމެދު މީޑިއާގައި ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން ފިލްމީ ދާއިރާގެ ބައެއް މެމްބަރުންވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *