ފެންނަ ހިނިތުންވުން އެއީ ބައްދަލުވެދާހިނދު އޭނަޔާ
އެންމެހެޔޮ އަހަރެންގެ ނޫނޭ ތަރުޖަމާއެއް ވާގަޔާ
އޮތް މަގޭ ރޫހުގެ ހަގީގަތް ސާފުކޮށްލަން ނަމައެދޭ
ކޮށް ބަލާށޭ ފަހެ ސުވާލު ލޮލުންއޮހޭ ހިތިކަރުނަޔާ
ރޯ މިހިރަ މީހާއަކަށް ކަރުނައިގެ އަދަބެއް ނޭނގެޔޭ
ލޯފުރާފައި އޮހުރުވަންވީހޭ ކަރުނަ ގުޅި ނޭވަޔާ
ނޫނެކޭ އޮއްބާލުމޭ އޮތް ރީތިގޮތަކީ ކަރުނަތައް
މޫނަކާ ނޫނޭ އަސަރު ގުޅެނީ ތިބާގެ ހިތާ މެޔާ
ދެނެހުރިންހޭ ކަރުނަތިއްކެއް ހިމެނިދާނޭ ސަބަބަކަށް
ގެނެވިދާނޭ އިންގިލާބެއް ދުނިޔެ ޝާމިލުވާ އެޔާ
އުފެދިގެން އައި ކަރުނަތިކި ބޭރަށް އައީ ހޭވިސްނިދޭ
ނުފެނިވާ ފުން މާކަނޑެއްގެ ތެރޭން ކަމެއް ރާޅާ އޮޔާ
ކަރުނަހެން ލޮލަކުން އުދާހެއް ބޭރަކަށް ނާންނާނެޔޭ
ފޮރުވިފައި ބަނޑުގައި އިތާ ވާ މުތް މިސާލޭ ކަރުނަޔާ