ސްޓެލްކޯއަށް މި ދިޔަ ދަހަރުގެ ތެރޭގައި ވާރްޓްސިލާ ބްރޭންޑްގެ 14 އިންޖީނު ދިން ފިންލޭންޑްގެ ވާރްޓްސިލާ ކޯޕަރޭޝަންއާއެކު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
ކޮލިޓީ، އެންވައިރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ (ކިއު.އީ.އެޗް.އެސް) ސެޝަން ވެގެން އައީ ދިގުދެމިގެންދާ އެކުވެރިކަމުގައި އީޖާދުކުރަނިވި، ދެމެހެއްޓެނިވި އަދި އޮޕަރޭޝަން ހިންގުމުގެ ފެންވަރުގެ ކޮލިޓީ ދައްކުވައިދިން ބައްދަލުވުމެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.
"ސްޓެލްކޯއިން ރާއްޖެއަށް ކަރަންޓްގެ ހިދުމަތް ދޭތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރަމްޒީ ހަނދާނެއް ވާރްޓްސިލާ ކުންފުނިން ވަނީ ސްޓެލްކޯއަށް ދީފައި،" ސްޓެލްކޯއިން ބުންޏެވެ.
ވާރްޓްސިލާ ކޯޕަރޭޝަނާއެކު ސްޓެލްކޯއިން މަސައްކަތްކުރާތާ 10 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯއިންވަނީ ރަމްޒީ ހަނދާނެއް ވާރްޓްސިލާ ކުންފުންޏަށް ދީފައެވެ.
ސްޓެލްކޯގެ އެކި އިންޖީންގެތަކުގައި މިހާރު ވާރްޓްސިލާ އިންޖީންތައް އޮޕަރޭޓްކުރެއެވެ. އެ ގޮތުން މި ބްރޭންޑްގެ 14 އިންޖީނުން މުޅިއަކު 86 މެގަވޮޓްގެ ކަރަންޓް އުފައްދައިދެއެވެ.
"މީގެ ސަބަބުން ރާއްޖޭގެ ކަރަންޓްގެ ހިދުމަތަށް ތަރައްގީ ލިބި، ހަކަތައިގެ އިންފްރާސްޓްރަކްޗަރު ހަރުދަނާވެފައިވޭ،" ސްޓެލްކޯއިން ބުންޏެވެ.
ކުރިމަގުގައި ވެސް ވާރްޓްސިލާ ކުންފުންޏާއެކު މަސައްކަތްކުރުމަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.



advertisment

