ކުޑަކުދީންނޭ އަދު ހަޔާތުގެ ފެންނަ ދިރިހުރި ރޫހަކީ
ކުޑަކުދީންނޭ އޮންނަ މާދަން އަލިކުރާނޭ ނޫރަކީ
ތަންމަތިންނާ އުނގުމަތިން ވާ ޒީނަތީ ގަހަނާއަކީ
މަންމައާ ބައްޕަގެ އުފާވެރި ދުންޔަވީ ބަހަނާއަކީ
ދަންމަރޭ ހުޅުދާން ކުރާނޭ މާދަމާ ޅަދަރީންނަކީ
ހިންމަތާއެކު އިންދަމުން ގަސްތައް މިބިމުގާ ބާރުލާ
ފެންދެމުން ހައްދާ ނަސީބުގެ މޫސުމަށް ތިބެ ފާރަލާ
އެންމެ ބިންނަން ގަސްދުކުރެވޭ ހިތްތަކުގެ މޭވާއަކީ
އުންމަތެއް ކުރުމަށް ބިނާ މީ ބިންގަލެއް ކަމުގާވެފާ
ފަންނުތައް ދިރުވާ ލިބޭހެން އެންމެ އެދެވޭހާ ނަފާ
ކުންނަކަށް މުޅިގައުމު އުފުލަން އޮންނަހެޔޮ އުންމީދަކީ
