Support Us

ޝަލަބީގެ "ލޯބިން ބުނަން…" ހަގީގީ ވާހަކަތަކެއް، އެކަމަކު ޝިފާއަކަށް ނޫން

މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާޙިމް ސައުންޑް ކްލައުޑްގައި މިއަދު ރިލީޒްކުރި "ލޯބިން ބުނަން- އައި" އަކީ ރީތި އަންހެން ކުއްޖެއްގެ އަސަރުގައި ޖެހި، އޭނައަށް ހިތް ހަދިޔާކުރާ ވާހަކަތަކެއް ކިޔައިދޭ ލަވައެކެވެ.

"މިހިތުގާވާހާ އުފާ ތިއީ ނޫންހޭ
އަބަދު ހިތް މިއެދޭ، އަރާމު ތިއީ ނޫންހޭ
ތިޔަ ލޯބިން ހިތާ މޭ ފުރޭ،
ދެގޮތެއް ވާން މަށެއް ނޭދެމޭ
ހާދަ ލޯބިވޭ، ލޯބިން ބުނަން… އައި"

މި ލަވައިގެ ރާގު ހަދައިފައި ވަނީ ޝަލަބީ އާއި އަބްދުﷲ މުހައްމަދު ރަފީއުއެވެ. ލިރިކްސް ހަދައި މިއުޒިކް ތައްޔާރުކޮށްފައި ވަނީ އަބްދުﷲ މުހައްމަދު ރަފީއުއެވެ. މި ލަވަ ހަދިޔާކޮށްފައި ވަނީ "އައި" އަށެވެ.

އައްޑޫ ހިތަދޫއަށް އުފަން ޝީފާ އިބްރާހިމާ އިހަށްދުވަހު ކައިވެނިކޮށް، ހަނީމޫންތެރޭގައި އުޅެމުން ޝަލަބީ ނެރުނު އަސަރުގަދަ މި ލަވަ އަކީ ޝިފާއަށް ނިސްބަތްކޮށް ހަދައިފައިވާ ލަވައެއް ކަމަށް ބައެއް މީހުންނަށް ގަބޫލްކުރެވުނަސް، ޕްރޮޑިސަރު ބުނަނީ މި ލަވަ ނިސްބަތްވަނީ ޝިފާއަށް ނޫން ކަމަށެވެ. ނަމަވެސް މިލަވަ އަކީ ހަގީގީ ވާހަކަތަކެއް ކަމަށް އޭނާ ކަށަވަރުކޮށްދެއެވެ.

އެކަމަކު މި ލަވައާއި ޝިފާއާ ގުޅުމެއް ނެތް ކަމަށް ޕްރޮޑިއުސަރު އެ ބުނާ ވާހަކަ، މި ލަވަ އަޑުއަހާލި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *