ކަރުނައިގެ އާހުން ލިޔެލެވޭ މަންމަގެ މިއީ ސޮފުހާ އެކޭ
ގަރުބައިގެ ކުލަތައް ފާޅުވާ އަނދިރީގެ މީ ކަޅު ބާބެކޭ
މަންމަގެ ހަޔާތަށް އަޑިގުނޑަން މާޒީގެ ދައުރުން ދެއްކިހާ
ނަންނަން ގުޅޭހެން ކަންކަމާ ދައްކާ މިއީ ފީތާ އެކޭ
އުދުހޭ އުފާވެރި ދޫނިތައް މިނިވަން އެކީ ޖައްވުގެ ވަޔާ
ގުދުރަތުގެ ހަދިޔާތައް ދެކޭ ލޯތަކުގެ މީ މިސްރާބެކޭ
އެދުމަށް އަމިއްލަ މަގޭދަރީން އެދި ދަހިވެތީންގެ ފުށުން އެހީ
ވެދުމަށް އަތުން ދިއްކޮށްލެވޭ ހަދިޔާގެ ދޭ މީ ބަދަލެކޭ
ވިސްނުމުގެ ދުޝްމިނަކަށް ތިމާ ހުރެގެން ކުރާ ނިމިދާ އުފާ
ގިސްލާން ޖެހޭ މުސްތަގުބަލެއް ދައްކާ މިއީ ދުރުމީ އެކޭ
އަހަރެންގެ ލޮބުވެތި ކާފައާ ކާފައިގެ ކާފައިން ކޮނޑުމަތީން
އަހަރެން އުފުލި މާޒީ ހަނދާން ކޮށްދޭ މިއީ އާ ދުވަހެކޭ
ނެތް ހުއްޓުމެއް ދެލޮލުން އޮހޭ ކަރުނައިގެ ވާރޭ ފޫދިލާ
ގެއްލެން އޮޔާދާތީ މި ނާ ވައިބާރު މީ ތޫފާނެކޭ
ކުދިކުދި ވަނީއޭ ހިތް މަގޭ ރެނދުލާ އެކީ ކަށްޓާއި މޭ
ތެދުވޭ! ހިމާޔަތުގައި މަގޭ ބުއްދީގެ މީ އާދޭހެކޭ