Support Us

މިއަދުވެސް 137 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 މި ސެޕްޓެމްބަރު މަހު ޖެހޭނެ ކަަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ ދަނީ އިތުރުވެ، މިއަދު 137 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭ އިން ބުނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއީ 41 ބިދޭސީން ކަމަށެވެ.

ކޮވިޑް19 ރާއްޖެއިން 8140 މީހުންނަށް ޖެހިފައިވާއިރު 2767 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 166 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1365 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5338 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރައިފައެވެ.

މި ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް 105 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ ކަަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން ވަނީ ދައްކައިފައެވެ. އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް އިއްޔެ އެކަނި ވެސް މި ބައްޔަށް 199 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިބަލި އެންމެ ގިނައިން ޖެހޭނެ ކަމަށް އެ ސެންޓަރުގެ ދިރާސާއިން ދައްކާފައިވަނީ ހުސްވި އޮގަސްޓް މަހުއެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހުސްވި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *