ސްޓެލްކޯއިން ހުރިހާ އަސާސީ ހަރަދެއްކުރާ އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމަށް ހުޅުވައިލި ތިން ސްކޮލަޝިޕަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް"އާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ މި ސެޝަން އޮންނާނީ އެ ދުވަހު ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން ރޫމްގައެވެ.
"މި ސެޝަންގައި މި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް 13:00 އިން 14:00 އަށް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައި،" ސްޓެލްކޯއިން ބުންޏެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓާވުމަށް އެދި training@stelco.com.mv އަށް އީމެއިލް ފޮނުވުމުން މީޓިންގެ ލިންކު ހިއްސާކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އިނގިރޭސި ވިލާތުގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ތިން މީހަކަށް ފުރުސަތު ދޭންވަނީ ހަމަޖައްސައިފައި ކަމަށް ސްޓެލްކޯއިން އިއުލާންކުރީ މި ދިޔަ މަހު 19 ގައެވެ.
އޭގެ ތެރެއިން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ މީހަކަށް ފުރުސަތު ދޭއިރު އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެކަކަށް ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
މި މަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގައި ކިޔަވަން ދާން ތިން ޔުނިވާސިޓީއަކުން ޖާގަ ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެއީ މެންޗެސްޓާ އާއި ލީޑްސް އަދި ސައުތުއެމްޕްޓަން ޔުނިވާސިޓީންނެވެ. މީގެ ތެރެއިން އެ މީހަކު ބޭނުންވާ ޔުނިވާސިޓީއެއް އިހުތިޔާރު ކުރެވެއެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވެނީ މި މަހުގެ ނިޔަލުގެ ކުރިން އުމުރުން 25 އަހަރު ނުވާ ދިވެހިންނަށެވެ.
ކޯސް ނިންމުމަށް ފަހު ހިދުމަތްކުރަންޖެހެނީ ސްޓެލްކޯގައެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި ހަ މަހުގެ އިންޓާންޝިޕް ހަދަން ޖެހޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް ކޯސް ފެށޭ ދުވަހަށް ބަދަލު އަތުވެއްޖެ ނަމަ އިންޓާންޝިޕްގެ މުއްދަތަށް ބަދަލު ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
"މި ސްކޮލާޝިޕްތަކުގެ މަގުސަދަކީ ރާއްޖޭގައި އިންޖިނިއަރިން ދާއިރާގެ އެންމެ ކުރީ ސަފުގައި އޮތް ކުންފުނީގެ ގޮތުން، މި ދާއިރާއިން ކުރިއަށް ދާހިތްވާ ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމު ދިނުމަށް މަގުފަހިކޮށްދިނުން،" ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (އެސް.ޓީ.އީ.އެމް ނުވަތަ "ސްޓެމް") ދާއިރާއިން ކުރިއަރައިގެން އައުމަށް ބޭނުންވާ މީހުން ފާހަގަކޮށް، ސްޓެލްކޯގެ އިންޖިނިއަރިން ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވައިލި ފުރުސަތެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން ހުޅުވައިލި މި ސްކޮލާޕްޝިޕްތަކާ ބެހޭ މައުލޫމާތު ތިރީގައި މިވާ އިންޓަނެޓް ލިންކުތަކުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެއީ:



advertisment

