Support Us

ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްްކާވެސް މައްޗަށް، މިއަދު 199

ކޮވިޑް19 ޖެހޭ މިންވަރު އިތުރުވެ، މިއަދު މި ބައްޔަށް 199 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭ އިން ބުނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 199 މީހުންގެ ތެރޭގައި ހިމެނެނީ 145 ދިވެހިންނާއީ 42 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހުންނާއި ސްރީލަންކާގެ ތިން މީހުންނާއި އެމެރިކާގެ ދެ މީހުންނާއި ޗައިނާގެ މީހެއްގެ އިތުރުން ޖަޕާން މީހެއް ކަމަށެވެ.

ކޮވިޑް19 ރާއްޖެއިން 8003 މީހުންނަށް ޖެހިފައިވާއިރު 2703 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1395 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5265 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ރޭ ދަންވަރު މަރުވި އުމުރުން 79 އަހަރުގެ ފިރިހެނަކާ އެކު، ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރައިފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު މިދިޔަ އޮގަސްޓް މަހު ވަނީ އިތުރުވެފައެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހުސްވި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑަށް އާންމުން ހޭލުންތެރި ކުރުވުމަށް ދިވެހި މީޑިއާތައް ގުޅިގެން މިރޭ ވަނީ ކެމްޕޭނެއް ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *