Support Us

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާ ބިލު ފާސްކުރުމާއެކު ވަގުތުން ތަސްދީޤު ކުރައްވައިފި

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ބިލް ވަގުތުން ތަސްދީޤު ކުރައްވައިފިއެވެ.

މިއީ ރައީސް ޑރ. މުއިއްޒު އެންމެ އަވަހަށް ތަސްދީގު ކުރެއްވި ބިލެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމާއެކު 10 މިނިޓުވެސް ނުވަނީސް ރައީސް އެ ބިލް ތަސްދީގު ކުރެއްވި ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

"މިއީ ރައީސްގެ ހިތްވަރު ގަދަ ނިންމެވުމެއް. ހައްޤަށް ނަސްރުދެއްވާނެ. ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު،" ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *