ލޮލުގާ ހިނގާ ފުރާ މިވަނީ ހޫނުކަރުނަޔޭ
ގަލަމުން ލިޔާ ދެލިން ފެވެނީ ސާފު ރަތްލެޔޭ
ތިޔަ އަލި އަމާންވި މޫނުފުޅުން ސުލްހަ ހީނލަޔޭ
ތިޔަ ސާފުދޫފުޅުން ތެދުވެރި ކުލުނު ހޭލަޔޭ
ތިޔަރީތި ޚުލްޤުފުޅުން އެތަކެއް ދަރުސްތައްވިޔޭ
އިސްޓޭޖުތައް ބަހާއަދަބުގެ އިސްޖަހައިފިޔޭ
މިސްރާބު ގެއްލުމުން ކުރުވާހަކަ ފިލައިފިޔޭ
ގިސްލާ ރޮމުން އެޞަޙާފަތު އަބަދަށް ނިދައިފިޔޭ
ޚިދުމަތުގެވެސް އެއީ އަބަދަށް ހެޔޮ މިސާލެކޭ
ތެދުވެރިކަމާ ވަފާ ގުޅެނީ ކޮންމެ ހާލެކޭ
އެދެމުން އަޖުރު ފުރާނަފުޅަށް ލޯބި ހުސްވިޔޭ