Support Us

ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލުމަށް ހުޅުމާލެ ސަހަރާ އަށް ގެންދަނީ -އަދިވެސް ފޮޓޯ

ކޮވިޑްގެ އިތުރު މަރެއްް، ޖުމްލަ މަރު 29 އަށް

ކޮވިޑް19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު ރޭ މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް 19 ޖެހިގެން އުމުރުން 79 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަމަށާއި އެމީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް ރޭ މެންދަމު ކަމަށެވެ.

ކޮވިޑް19 ރާއްޖެއިން 7804 މީހުންނަށް ޖެހިފައިވާއިރު 2615 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 172 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1451 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5155 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރާފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު މިދިޔަ އޮގަސްޓް މަހު ވަނީ އިތުރުވެފައެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހުސްވި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *