Support Us

ރާއްޖޭގެ އިކޯސިސްޓަމާއި ބައޯޑައިވާސިޓީއާ ބެހޭ ޚާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި

ރާއްޖޭގެ އިކޯސިސްޓަމާއި ބައޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭގޮތުން ހަދައިފައިވާ ޚާއްސަ ވެބްސައިޓެއް ރޭ ލޯންޗްކޮށްފިއެވެ.

ފުވައްމުލަކަށް އުފަން ލިޔުންތެރިޔާ ޔާސިރު ސާލިހުގެ މަސްއޫލުވެރިކަމުގެ ދަށުން، އިނގިރޭސި ބަހުން ނެރޭ "މޯލްޑިވްސް މައި އައިލެންޑްސް" ލޯންޗްކުރުމަށް ޏ. ތައުލީމީ މަރުކަޒުގައި ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ.

ވެބްސައިޓް ލޯންޗުކުރުމުގެ އިތުރުން ޔާސިރު އިނގިރޭސި ބަހުން ލިޔެފައިވާ ރާއްޖޭގެ ފޯކްލޯރު 10 ވާހަކަ ހިމެނޭ ފޮތެއް ވެސް ރޭ ވަނީ ނެރެފައެވެ. އެ ފޮތުގައި ވެސް ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާ ގުޅޭ ވާހަކަތައް ހިމެނެއެވެ. އެ ފޮތް އިފްތިތާޙްކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހެވެ.

ރޭގެ ހަފުލާގައި ފުވައްމުލައް ސިޓީގެ ބައެއް ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ. އަދި ފުވައްމުލަކުގައި އިޖްތިމާއީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ލީޑަރުން ވެސް ބައިވެރިވިއެވެ.

"މޯލްޑިވްސް މައި އައިލެންޑްސް" އަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާއިމެއްސާއި ފަރުތަކާއި ތިލަތަކާއި ކަނޑޫފާތަކާއި އަދި ތަފާތު ގުދުރަތީ ދިރުންތަކާ ބެހޭ މައުލޫމާތު ތަފާތު ގޮތަކަށް ގެނެސްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައިވާ މަސްމަހާއިމެހި ނުވަތަ "ސްޕީޝީސް"ތައް ވަނީ ތަފާތު ގޮތްގޮތަށް ސިފަކޮށްދީފައިވެއެވެ. މިގޮތުން ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ފްލޯކް ވާހަކަތަކާއި މިފަދަ ސްޕީޝީސްތަކާ ގުޅުމެއް ވާނަމަ އެ ކަންތައްތައް ވެސް ބަޔާންކުރުމުގެ އިތުރުން، އިލްމީ ގޮތުންނާއި ސައިންޓިފިކް ގޮތުން މި ސްޕީޝީސްތައް ނުވަތަ ދިރުންތަކާ ބެހޭ މައުލޫމާތެއް ވާނަމަ އެކަން ވެސް ބަޔާންކޮށްފައިވެއެވެ.

"މި ވެބްސައިޓަކީ ރާއްޖޭގެ މުޅި ބަޔޯޑައިވާސިޓީގައި ވާ ހުރިހައި ދިރުންތަކާއި ސްޕީޝީސްތަކާ ބެހޭ ފުރިހަމަ ޑޭޓާބޭސްއެއް ގާއިމްކުރުމަށްޓަކައި ފަށައިފައިވާ މަސައްކަތެއް. މީގެ އިތުރުން މި ވެބްސައިޓުގައި ދިވެހިރާއްޖޭގައި ކުރީ ޒަމާނުގައި ކޮށްފައިވާ ތަފާތު ވައްތަރުގެ މަސްވެރިކަމާ ބެހޭ މައުލޫމާތާއި މިޒަމާނުގައި ކުރާ މަސްވެރިކަމުގެ މައުލޫމާތު ވެސް ވަރަށް ޝައުގުކުރުވަނި ގޮތަކަށް ގެނެސްދީފައިވާނެ،" ހަވީރު ނޫހުގެ ދުވަސްވަރު ބޭރުގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔުމުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީއާ ގުޅޭ ޚަބަރުތަކާއި ރިޕޯޓްތައް ލިޔެފައިވާ ޔާސިރު ބުންޏެވެ.

HOME

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *