ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފްވެފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ތަކުރާރުކޮށް ހިލާފްވުމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
Siyaasee party ge gaanoonaai, evve ulhumuge minivankamuge gaanoonaai, aanmu siyhathu rahkaatheri kurumuge gaanoonuge dhashun HPA in kandaalhaafaiva guidelinaa thakuraaru koh khilaafuvumaai gulhigen PPM aai PNC MVR 75,000 joorimanaa koffi
— Elections Commission (@ElectionsMv) August 31, 2020
އިލެކްޝަނުން މި ޕާޓީތައް ޖޫރިމަނާ ކުރިއިރު މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އެޕާޓީތަކުގެ އިސް ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އިސް ބޭފުޅުން ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
Miadhakee minivan musthaqillu Elections Commission eh vujoodhuvithaa 12 aharu furunu dhuvas.
— Elections Commission (@ElectionsMv) August 25, 2020



advertisment