Support Us

ގައުމުގެ ޙާލާމެދު އޮހެނީ ކަރުނަ

ރާގު: ޢަޞްރު ދިޔައީ ގެއްލިގެން

ރަހުމު ނެތް އަނިޔާވެރީން ގައުމާ ވަޠަން ކުރަނީ ފަނާ
ކަރުނަ ދެލޮލުން އޮހޮރެނީ ބެހިގެން ގައުމު ދާތީ އޮޔާ

އެންމެ މަތިވެރި ދީނުގައި ސާބިތުވެގެން ތިއްބާ މިތާ
އެންމެ ނުލަފާވީ ޔަހޫދީންނޭ އައިސް ކުޅެނީ ލެޔާ

ހެއްލިގެން މާއްދިއްޔަތަށްގޮސް ޢިއްޒަތުއްނަފުސާއެކީ
ގެއްލިގެންވެސް ބޭނުމީ ތަނަވަސްކަމާ އަދި ދުނި ޔެޔާ

އެންމެމާތް ޤުރްއާނުގައި އެންގެވިޢަދުލު އިންސާފުވެސް
އެންމެ ވަގުތީ އުފަލަކަށް ވިއްކާލަނީ ޝަރްޢީ ނިޔާ

ހަރުދަނާ ސާބިތުކަމާއެކު އުޅުނު އަޚްނާ އުޚްތުނާ
މަޑުމަޑުން ޣާފިލުވެގެން އަރަމުން ދުމަށް އެދަނީ ވަޔާ

އިޖްތިމާޢީ އުޅަނދުގައި ފައްސިޔަ ވަޔާ ދުވަމުން އައިސް
ފިތުނަވެރި ޙަމަލާތަކުން އައިސް ވީދެނީ ހުރިހާ ރިޔާ

ގައުމުގައި އަދު ޚާއިނުން ބާރެއް އޮތިއްޔާ ކުރިމަގަށް
އަހުރެމެން އަޅުވެތިކަމުން ކަސްތޮޅު އެޅޭނެ އަތާ ފަޔާ

ފިތުނަވެރި އަލިފާން އަނދައި ހުޅުރޯވަމުން އަދި ފެތުރެމުން
މިތުރުނާ ހަތުރުން އެކީ އޮޅި ގެއްލިގެން މިތަނުން ދިޔާ

ގައުމު ނެތިކޮށްލާ ފަން ކޮށްލަން ކުރާ ހަނގުރާމައިން
ގައުމު މިންޖު ކުރާށެވީ ކުރިމަތިލަމުން ގަދަ ޙަމަ ލަޔާ

ކަޅު މުޙައްމަދު ރަސްގެފާނު ޒަމާން އިޢާދަ ނުވާނެހެން
ޢަޒުމުގައި ސާބިތުވެ ތިބެ ދިއްކޮށްލަ ދޭށެ ނިތާ މެޔާ

ވާން ހިނގާށެ އުތީމު ތިންބެއިންފަދަ ކެރޭ ބަޠަލުން ކަމަށް
ދާން ހިނގާނެ ޖިހާދުގައި މޭ ދިއްކުރަންވީ އުން ޑަޔާ

ޔާއިލާހީ! އަޅަމެނަށް އަޅަމެންގެ ގައުމާ ދީނުގައި
ސާބިތުވެ ތިބެވޭނެމަގު މިންވަރު ކުރައްވާ ދަރު މަޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *