ކޮވިޑް19 އަށް މިއަދު 89 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 89 މީހުންގެ ތެރެއިން 88 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ އެންމެ މީހެއް ކަމަށެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 89 މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުންނާއި އިންޑިއާގެ ފަސް މީހުންގެ އިތުރުން ސްރީލަންކާގެ މީހެކެވެ.
ކޮވިޑް19 ރާއްޖެއިން 7667 މީހުންނަށް ޖެހިފައިވާއިރު 2597 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 181 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1486 މީހަކު އެބަތިއްބެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment