އެ ހިޔަލަށް ވަދެވުމުގެ އުފަލީ އޭގެ ޒިންމާ އުފުލުމޭ
ދެ ހިޔަލެއް ނެތް ދުވަހު ޢަރުޝުގެ މާތް ހިޔާވަހި ލިބެވުމޭ
ލޮލުގެމައްޗަށް ވެރިވެދާ ޣާފިލުނިދީން ދުރުހެލިވެލައި
ދޮލަނގު މާތް ربيގެ ކެއުމަށް ފާރައަށް ލޯހުޅުވުމޭ
ދަހިވެތިން ބަންދުވި ހިތާ މުށް ދީލަތީގައި ނިއުޅިލައި
ފަހިކަމާއެކު ދަރުމަ އެދިގެން ރަޙުމަތަށް ހެޔޮ ހުޅުވުމޭ
ނަންގޮވޭހިނދު ޖަންނަތަށް ވަނުމަށް ނަސީބުގެ ތަންވަޅުން
ތަންމިނަށް ދޮރުކޮޅު ވިމާތް ރައްޔާނު ޚާއްސަވި ހުޅުވުމޭ
މާތްކަމާ ހެޔޮކަން އަރާހުރި ހާސްމަހަށްވުރެ ރަޙުމަތުން
މާތްވި ރޭ ހުޅުވޭ ޚަޒާނާއިން ނަފާ ހާސިލުވުމޭ
ލެއްވި ފުރުސަތު ރަޙުމަތާ އަދި ފުއްސެވުން ދެން ދންނެވުން
ދެއްވަވާނޭ މަގުމަތީން ޢަމަލާއި ބަސްމަގު ލެއްވުމޭ