Support Us

ޅެމަކާއި އެ ޅެމުގެ ތަރުޖަމާއެއް

އެ ވާނީ، ޝައްކެއް ނެތް ގޮތުގައި މޮޔަކަމަކަށެވެ.

ހުރިހާ ފިނިފެންމަލަކަށް ނަފުރަތުކުރުމެވެ.

ފިނިމެންމަލުގެ އެންމެ ކައްޓެއް ގަޔަށް ހެރުނީމައެވެ.

ކަލޭގެ ހުވަފެންތައް ދޫކޮށްލުމެވެ.

އޭގެ ތެރެއިން އެންމެ ހުވަފެނެއް ހަގީގަތަކަށް ހަދާ ނުލެވުމުންނެވެ.

ދުއާކުރުމުގެ ބޭނުންތެރިކަން ހިތުން ނެތިދިޔުމެވެ.

އެންމެ ދުއާއެއް އިޖާބަ ނުކުރެއްވުމުންނެވެ.

 

ކަލޭގެ ހުރިހާ ރަހުމަތްތެރިން ކުށްވެރިކުރުމެވެ.

އޭގެ ތެރެއިން އެކަކު ކަލެއަށް ބޭވަފާތެރިވުމުންނެވެ.

ލޯބީގައި ހަގީގަތެއް އޮތް ކަމަށް ގަބޫލު ނުކުރުމެވެ.

އޭނަ ދެކެ ކަލޭ ލޯބިވީ އެންމެ މީހަކު ކަލެއަށް ތެދުވެރި ނުވުމުންނެވެ.

ނޫނީ އަނބުރާ އޭނަ ކަލޭ ދެކެ ލޯބި ނުވުމުންނެވެ.

އުފާވެރިކަން ލިބުމަށް ލިބުނު ހުރިހާ ފުރުސަތުތައް ދޫކޮށްލުމެވެ.

އެކަން ހޯދަން އުޅުނު ފުރަތަމަ ފަހަރު އެކަން ހާސިލު ނުވުމުންނެވެ.

 

އަބަދުވެސް އެހެން ފުރުސަތެއް އޮންނާނެއެވެ.

އެހެން ރަހުމަތްތެރިއެކެވެ.

އެހެން ލޯތްބެކެވެ.

މުޅިން އާ ބާރެކެވެ.

ކޮންމެ ނިމުމަކާ ވިދިގެން

އާ ފެށުމެއް އޮވެއެވެ.

 

ދެން، އަހަރެންގެ ސިއްރު މި ބުނެދެނީއެވެ.

ވަރަށް ވެސް ސާދާ ސީދާ ސިއްރެކެވެ.

ހިތުގެ ޒަރިއްޔާއިން އެކަންޏެވެ.

ކަންކަން ރަނގަޅަށް ފެންނަނީއެވެ.

ކޮންމެހެން ފެންނަން ޖެހޭ އެއްޗެހި ހުންނަނީ ލޮލަށް ފަރުދާވެފައެވެ.

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *