ދުނިޔެ ހޯދަން އެނބުރި ތިޔަހެން ނަގައި ނުމެލާ ޢުމުރު މީހާ
ފަނާވާ ހިނދު ތިބާ ހަށިގަނޑު، ސުވާލުވެވޭނެޔޭ ރޫޙާ
އުޅެން ވީ ހެޔޮ މަގާއި، ގޮތާ ފޮތާ ފެންނަން ލޮލަށް އޮއްވާ
އަޅަށް އުޒުރެއް އެއަށް ނުބަލައި މިތާ ދެއްކެން އޮވޭހެ؟ އަޚާ
ގޮވާއިރު ފަސްވަގުތު ބިމުގައި، ފަލާޙާ ކާމިޔާބަށް އެދި
ހަވާ ނަފްސުގެ އެނދުންތަކުގައި، ދަނީ ކުރިހޭ؟ އަޑެއް ނާހާ
އަލާ ފިލުވައިލުމަށް ދުނިޔޭގެ ޒީނަތްތެރިކަމަށް ދަހިވެވި
ސަލާމަތް ބުއްދި ހުރެ ނޫންހޭ؟ ޢަމަލު ކުޅައީ ދުނިޔެވީހާ
ޖަވާބު ނުދީ، ސުވާލުން ރެކި ފިލޭނޭހޭ؟ އެދުހު ނަފްސަށް
ހުވާ ގުނަވަންތަކުން ދޭނޭ ޖަވާބު ޢަމަލުތަކަށް ކުރިހާ
އަޖަލުހަމަވެވި ބިމުގެ ވެއްޔާ އެކުވި ހަމަ ކޮންމެ ދިރުމެއްވެސް
ރުޖޫޢަކުރައްވަވާ ބެލިގެން ހިސާބު ދެޔޭ އަޅުގެ ހުރިހާ