ތިބާ ތިޔަލޮލުންދޭ އިޝާރާތް ނުވީނަމަ
ވިތާހިރު މަގޭހިތް ޒަޚަމްވެސް ނުވީހޭ
ކަލާރީތިހިނިތުން މަލާއެކު ނުވީނަމަ
މަލާމެލި އެހާރީތިކޮށް ފަރިނުވީހޭ
ކަލާއާ މަށާއެކު މުލާގާތު ނުވެފާ
ބަހާރެއް މިހާރީތި ފަރިވެސް ނުވީހޭ
ކަލާ ބޮލުހުޅިންދޭ ހިޔާވަހި ނުވީނަމަ
ހަޔާތަށް ލިބޭނީ ހިޔާ ކިހިނަކުންހޭ
މަގާ މަންޒިލާ އޮޅި އަމާޒެއް ނުހިފިފާ
ހިނގާމަގު މުސާފިރު މިހާ ފަހި ނުވީހޭ
އެކީގާ ކަލާއާ ދަތުރުގާ ނުވީނަމަ
ދެކޭކަށް މިއުފަލާ އަރާމެއްނުވީހޭ
ލަކީކޮޅުގެ ފަސްބައި އަތުން ރީތި ހިފިފާ
ފަކީރަށް މިތާނ ދިރިނުވެސް ހުރެވުނީހޭ