ސާހިބުގެކުރިއަށް ޚާދިމުން ނުކުތުން މިއަދު މާ ފަޚުރުވެރި
ޖާހިލުކަމުގެ ދުންމާރިތައް ފުންމާއުޅުން މާ އަބުރުވެރި
ތެދަކާބުނާ ދޮގަކާހަދާ ރޭކާނުލާހާ ހުނަރުގާ
އެދުމަށް އެތިބަ ދައްކާހަދާ ވާހަކަ ވަރަށްވެސް މަކަރުވެރި
ލީހާލިބާހެއް ވީދިފާ ވީދުނުތަނެއް ފޮތިނޭޅިފާ
މީހުންގެ ނިސްބަތުގާ މިތާ މީދާ ހިކަނދި މާ އަބުރުވެރި
ނިންމާލިވެރިކަން ދަރިޔަކާ އިންނެވި ގޮނޑީގާ ވެރިޔަކާ
އިންތަކުގެ ބޭރަށް ނުކުމެފާ ހިންދެމިނުލާހާ ހަތުރުވެރި
މުއްސަނދި މިތިބަ އެކި މަހުޖަނުން ހުސްއަތްވެ ހުސްހަށި އުޅުމަކުން
މުސްކުޅި ފަގީރުން ދީބުގައި ވިސްނައިފިނަމަ މާ އަރަނިވެރި
ނަންވެސް މަށަށް ނޭނގޭމަގޭ ކަންކަން ބޮލަށް މެހި އިރު ތިބޭ
ތަންތަނުގެ ކަންހުރިގޮތް އިނގޭ މަންޒަރު ބަލަން މާ ސަރަމުވެރި
ކޯޓެއްލެވޭތޯ އެޅިޔަނުން ވޯޓެއް ނަގައިގެން މިލިޔަނުން
ސޯޓެއް ނެތަސްވެސް ދެޅިޔަނުން ގޮނޑިއެއްލިބުން މާދަރަޖަވެރި