ޒަމާނީ އޮޔާ ވައިގެ ބަދަލާ ދެކޭށޭ
ސަމާލުވެ މި ގައުމުގެ ނިދާ އަޑުއަހާށޭ!
އަމާންކަމުގެ އައްސޭރި ހޯދާ ބަލާށޭ!
ޙިމާޔަތްކުރާން ގައުމު އަތުކުރިއޮޅާށޭ!
ސަގާފަތް އެވޭލާ އަދާތައް ނެތިއްޖޭ
މަޤާސިދުގެ މަފްހޫމު ދީނުގެ އޮޅިއްޖޭ
ލަގާދީ ހަނގާކޮށް ހެދުން އިސްވެވިއްޖޭ
އަގާ ޤަދަރު އުފުލަން މި ޤައުމުގެ ހިނގާށޭ!
ހިތާހިތުގެ ގުޅުމާ އުޅުން ނެތިދަނީއޭ
މިތާ ޚުލްޤު މާތް ހެޔޮ ގޮތޭ އުވިދަނީއޭ
ހިތާމައިގެ ކޮޅުމަތި ލޮލަށް ފެންނަނީއޭ
ހިތާ ސިކުނޑިއާ ހުޅުވަމުން ތެދުވެލާށޭ
ފިދާވާށެ ގައުމީ ގޮވާލުން އަހައިގެން
ހިދާޔަތުގެ ދީނަށް ޓަކައި ލޮބުވަތައިގެން
ނިދާއީ ޝަރަފުދީ ބަހާ ވެހި އަދައިގެން
ވިދާ ރީތި ދީބުގެ މި އާދޭސް އަހާށޭ!