Support Us

ޖަނަވަރީމަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މަޖީދީމަގު/ ޖަނަވަރީމަގު ކަންމަތީގައި ހުރި ފިހާރައެއްގައި ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

އަލިފާން ރޯވި ފިހާރައަކީ ހ. ޑޮނީގޯލްގެ ތިރީގައި ހުރި "ވެސްޓަޔަރ" ހެނދުން ވިއްކާ ފިހާރައެކެވެ. އެ ފިހާރައިގައި ރޯވި އަލިފާންގަނޑު އާއްމުންނަށް ފެނުނުއިރު ހުރީ ވަރަށް ބޮޑަށް ހުޅުގަނޑު ފަޅައިގެންގޮސް މުޅި ފިހާރައިގައި ރޯވެފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 13:08 އެހާކަންހާއިރު ކަމަށާއި ފިހާރައިގައި ރޯވި އަލިފާންގަނޑު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގަން މެދުވެރި ކަމަށް ލަފާކުރެވެނީ އެތަނުގެ ތެރޭގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"އެ ހާދިސާ ހިނގަން މެދުވެރިވީ ފިހާރަތެރޭގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ލަފާކުރެވޭ،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަލިފާނުގެ މިހާދިސާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މިއަލިފާނުގެ ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރުކުރާ ހިސާބަށް އާއްމުން ނިދިއުމަށް އިލްތިމާސްކޮށްފަ އެވެ.

އެމް.އެން.ޑީއެފުން ބުނީ މެންދުރު 1.30ގައި އަލިފާން ނިއްވާލައިފި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އަލިފާން ރޯވި ކަމަށް ރިޕޯޓު ލިބުނީ އޭ.ސީ އިންޑޯގައި ކަމަށެވެ.


މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެ ރޭ ހެންވޭރުގައި ދެބުރިއަށް ހުރި ކެފޭއެއްގައި ރޯވެ، ޖެހިގެން ހުރި ދިހަ ބުރީގެ އިމާރާތަކަށް ހުޅުގަނޑު ފެތުރި، އެ އިމާރާތުގެ އެންމެ މަތީގައި ހުރި ޕެންޓް ހައުސް އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *