Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

އަހަންނަށް ވެސް ޑްރަގް ދީ މަސްތުކުރުވި: ކަންގަނާ

ބޮލީވުޑްގެ ފިލްމީ ތަރި ކަންގަނާ ރަނޯއަތަށް ނޭނގި ޑްރަގް ދީ މަސްތުކުރިވި ކަމަށް އޭނާ ބުނެފިއެވެ.

ކަންގަނާ މިހެން ބުނެފައި ވަނީ ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތަށް ނޭނގި އޭނާއަށް ޑްރަގް ދީފައިވާ ކަމަށް ތުހުމުތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ ރިޕަބްލިކް ޓީވީއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހެއް، އޭނާއަށް ނޭނގި އެކި ފަހަރުމަތިން މަސްތުކުރުވާފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ އުމުރުން އެންމެ 16 އަހަރުގައި އޭނާ މަނާލީ ދޫކޮށް، މުމްބާއީއަށް ބަދަލުވިތާ ކައިރީގައި ކަމަށާއި، އޭނާ އޭރު ދިރިއުޅުނީ އަންހެނެއްގެ ގޭގައި ކަމަށެވެ.

"ކެރެކްޓަރ އެކްޓަރ"ގެ ގޮތުގައި ކަންގަނާ ސިފަކުރާ މީހާ އޭނާ ދިރިއުޅޭ ގެއަށް އައިސް، އޭނާއަށް ބޮލީވުޑުން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޭނާގެ ހަޔާތަށް ވަނީ ކަމަށް ކަންގަނާ ބުންޏެވެ. އަދި އެއަށްފަހު ޑުބާއީން އަންނަ މީހުންނާއެކު ބާއްވާ ބައްދަލުތަކަށް އޭނާ ގެންދާ ކަމަށާއި، އޭނާ ޑުބާއީއަށް ސަޕްލައި ކުރަން އުޅުންހެން ވެސް އޭރު ހީވި ކަމަށް ކަންގަނާ ބުންޏެވެ. އަދި ޕާޓީތަކަށް ގެންގޮސް އޭނާއަށް ނޭނގި އޭނާގެ ތައްޓަށް މަސްތުވާ ޒާތުގެ އެއްޗެހި އަޅާފައިވާ ކަމަށް ވެސް ކަންގަނާ ބުންޏެވެ. މީގެ އިތުރުން ބޮލީވުޑުން އޭނާއަށް ފިލްމެއްގެ ފުރުސަތު ލިބުމުން އެ މީހާ ގާތަށް ރުޅި އައިސް، އޭނާއަށް އަނިޔާކުރި ކަމަށާއި، އެއަށްފަހު އެ މީހާ ކިބައިން ސަލާމަތްވީ ކަމަށް ކަންގަނާ ބުންޏެވެ.

ސުޝާންތުގެ މަރާ ބެހޭގޮތުން ސުވާލުކުރުމުން ކަންގަނާ ބުނެފައި ވަނީ އޭނާއަށް ޑްރަގް ދީ، އޭނާ ހަމައިން ނައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސުޝާންތަކީ އެ ޒާތުގެ ޑްރަގް ބޭނުންކުރާ އާއިލާއަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށާއި، ސުޝާންތު ޑްރަގްގެ ވަބާގައި ރިއާ ޖެއްސުވީ ކަމަށް ބެލެވޭ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *