Support Us

ހުކުރު ދުވަހުގެ މުޒަހަރާގައި ރައީސް ޑރ. މުހައްމަދު ވަހީދު
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާ:

މުޒާހަރާއާ ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރުކުރަނީ

ގައުމު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލީޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ކޯލިޝަންގެ އެޑްވަައިޒަރު ޑރ. މުހައްމަދު ވަހީދު ފުުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ޕީ.ޕީ.އެމް/ޕީ.އެންސީ ކޯލީޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ފުރަތަމަ ޗިޓް ހަވާލުކުރީ ޕީއެން.ސީގެ ނައިބު ރައީސް އިބްރާޙިމް ސުޖާއަށް އިއްޔެއެވެ. ސުޖާއަށް ކިޔައިފައި އޮތީ މިރޭ 7 ޖަހާއިރަށެވެ.

"އަޅުގަނޑަކަށް ޗިޓެއް ނުފޮނުވާ. މިގެއަށް އެ ބޭފުޅުން ވަަޑައިގެން ވަރަށް މަޑުމައިތިރިކަމާއެކު ވިދާޅުވީ އަޅުގަނޑަށް ފަސޭހަ އިރަކުން ފުލުހުންގެ އިދާރާ އަށް ގޮސްލަދިނުމަށް،" "އަދިވެސް" އާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު މިއަދު ވިިދާޅުވި އެވެ.

ރައީސް ވަހީދު ނިންމަވައިފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރު ފުލުސް އޮފީހަށް ވަޑައިގަންނަވާ ގޮތަށެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، ގަވައިދުތަކާ ޚިލާފަށް އެތައް ބަޔަކު އެއްކޮށްގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ހުކުރު ދުވަހު ސައިކަލްބުރެއް ބާއްވައި ކުރި މުޒާހަރާއަކީ ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ދަނޑިވަޅެއްގައި ކުރާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ގަވައިދާ ޚިލާފުވި ފަރާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން ވެސް އިލްތިމާސްކުރަމުން މި ގެންދަނީ އެޗް.ޕީ.އޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއް ތަނަކަށް އެއްވެ ނޫޅުމަށް. އެހެންވެ އެ އެންގުމާ ޚިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުންގެންދާނެ،" އާޓިފިޝަލް ބީޗުގައި ހުންނަ އެސް.ބީ.އައި ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން އުޅޭ ތަން ބައްލަވައިލައްވަން ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ހުކުރު ދުވަހުގެ ރޭ ވިދާޅުވި އެވެ. އޭރު އެމަނިކުފާނު ވަށައިގެން ވެސް، ގައިދުރުކަމެއް ނެތި، އެތައް ބޭފުޅުންނެއް ތިއްބެވިއެވެ.

ރައީސް މިހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް ސުޖާ އަށް ފޮނުވި ޗިޓްގައި، ކުށުގެ ތުހުމަތެއް ކަމަށް ފުލުހުން ބުނެފައި ވަނީ "ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވާތީ އާންމުތަންތަނަށް މީހުން އެއްވެ އުޅުމުގައި ޢަމަލުކުރުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީއިން އަންގަވާފައިވާ އެންގުންތަކާއި ޚިލާފަށް 2020 އޯގަސްޓް 28 ވަނަ ދުވަހުގެ 16:00 ހާއިރުން ފެށިގެން، ގިނަ ޢަދަދެއްގެ ބަޔަކާއި އެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާ ތަކެއްޗާއި މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި ޢާއްމު ރައްޔިތުންނާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަރަކާތްތެރިވި ފަރާތްތައް ޞިއްޙީ ގޮތުން ނުރައްކަލަކަށް ހުށައެޅޭގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް ބޮޑުތަކުރުފާނުމަގުގައި އެއްވުމެއް ބޭއްވި މައްސަލަ" ކަމަށެވެ.

ރައީސް ވަހީދު ފުލުހަށް ހާޒިރުކުރާތީ ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ގައިދުރު ކަން ނުބަހައްޓާ ނުކުމެ އުޅުނު އަދި އުޅޭ އެންމެން ގެދަންޏާ ދެންތިބޭނީ ފުލުހުން އެކަނި ތޯއްޗެ…. ރައީސް ސޯލިހު އައްވެސް ޗިޓެ ނުފޮނުވާނެތާ. މަޑު މަޑުން ދަންނަވާލާނީ… ހެ ހެ ހެ ހެެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *