ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އއ. ހިމަންދޫގައި ބޭއްވި ހެލްޕް ގާޒާ އިވެންޓަށް ސްޓެލްކޯ މުވައްޒަފުން ފައިސާގެ ބޮޑު ހިއްސާއެއް ދީފިއެވެ.
ސްޓެލްކޯ އިން ބުނީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން "ހެލްޕް ޣައްޒާ- ދިވެހިން ހަނދާނެއް ނުނެތޭ"ގެ ނަމުގައި އިހަށް ދުވަހު ހިންގި ހަރަކާތުން 260,800ރ. އެއްކުރެވުނު އިރު އޭގެ ތެރެއިން 126,560ރ. އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށެވެ.
"މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވެ، އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ސްޓެލްކޯ އިން ބުނެއެވެ.



advertisment

