Support Us

ނަސީބުވެރިއަކަށް ބައިލައްކަ ރުފިޔާގެ މުދާ، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ރޯދަ ސޭލް ފަށަައިފި

ނަސީބުވެރިއަކަށް ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ލިބޭ، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރޯދަ ސޭލް" މިއަދު ފަށައިފިއެވެ.

ކޮނެމް އަހަރަކު ވެސް ބާއްވާ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަ ސޭލް މި ފަހަރު ކުރިއަށްދާނީ އަންނަ މާރިޗު މަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނާ ގޮތުގައި މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ އެވެ. މި ގޮތުން ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބޭނެއެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރުގެ ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ "އަޅުގަނޑުމެންނާ އެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން" ކަމަށެވެ.

"މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ."