Support Us

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

މޯލްޑިވިއަންގެ ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް އައިކަމަށް ދެއްކީ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން މިހާރު ހައްލުވެފައިވާ ކަމަށް ގައުމީ އެއާލައިނުން ބުނެފިއެވެ.

އަތޮޅުތަކަށް ދާން މޯލްޑިވިއަންގެ އެޕުން މިއަދު ޓިކެޓް ނަގަން އުޅުނު ބައެއް މީހުންނަށް ފެނިފައި ވަނީ ވަރަށް ބޮޑެތި އަގުތަކެކެވެ. މި ކަމާ ގުޅިގެން މަދު ގަޑިކޮޅަކަށް ސިސްޓަމް ޑައުންކުރުމަށްފަހު މިހާރު ވަނީ އަލުން ހިދުމަތް ފަށައިފައެވެ.

"މޯލްޑިވިއަންގެ ޑޮމެސްޓިކް ޓިކެޓްގެ އަގުތަކަކަށް އެއްވެސް ބަދަލެއް ނާދޭ. ބަދަލުތަކެއް އައި ކަމަށް ބައެއް ކަސްޓަމަރުންނަށް ފާހަގަވީ އަޅުގަނޑުމެންގެ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުން. އެކަން މިހާރު ވަނީ ރަނގަޅުކުރެވިފައި،" އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ގައުމީ އެއާލައިނުން ބުންޏެވެ.